19 ޑިސެމްބަރ 2022
އަންހެނުންގެ ކޯޕަރޭޓް ލީޑަޝިޕް ހަރުދަނާ ކުރަން އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީއާ) އެކު ދިރާގުން އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
އަންހެނުންގެ ކޯޕަރޭޓް ލީޑަޝިޕް ހަރުދަނާ ކުރަން އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީއާ) އެކު ދިރާގުން އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ އައިއެފްސީއާ ގުޅިގެން، ދިރާގުގެ ޖެންޑަ އެޑްވައިޒަރީ ޕްރޮގްރާމް އިފުުތިތާހު ކުރަން ނިންމާފައިވާ ކަމަށާއި އައިއެފްސީއާއެކު ސޮއިކުރި އެއްބަސްވުމަކީ ޖިންސީ ހަމަހަމަކަން ހޯދުމަށް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތަށް ބިނާވާނެ ކަމެއް ކަމަށެވެ.
އައިއެފްސީން ދިރާގާއެކު މަސައްކަތް ކުރާނީ ދިރާގުގައި ވަރުގަދަ "ޖެންޑަ ލެންސް" އަކަށް އަމަލުކޮށް، އެ ކުންފުނީގެ ޖެންޑަ އެކްޝަން ޕްލޭން ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލުމަށެވެ.
ދިރާގުން ބުނިގޮތުގައި، އައިއެފްސީއާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކީ މި އަހަރުގެ ކުރީކޮޅު ދިރާގުން ފެށި ޖެންޑަ އެކްޝަން ޕްލޭންގެ ދަށުން ހިންގާ ކަންކަމަށް އިތުރު ފުރިހަމަ ކަމެއް އައުމެވެ. އެއީ އެ ކުންފުނީގެ ފަންނީ އަދި ފަންނީ ނޫން ދާއިރާތަކުގެ މުވައްޒަފުންގެ ގޮތުގަ އާއި ލީޑަރުންގެ ގޮތުގައި އަންހެނުން ކުރިއެރުވުމަށް ސަމާލުކަން ދޭ މުހިންމު ދާއިރާއެކެވެ.
"އަޅުގަނޑުމެން ދެކެނީ މި ގުޅުމަކީ އައިއެފްސީގެ ތަޖުރިބާ ހޯދައި، އަޅުގަނޑުމެންގެ އާ އެންވަޔަރުމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި،” ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ވިޔަފާރީގެ އޮޕަރޭޝަންތަކުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ޔަގީން ކޮށްދިނުމަކީ ކުންފުންޏެއްގެ ވިޔަފާރި ރަނގަޅުވެ، އިގްތިސާދީ ފައިދާ ކުރާނެ ކަމެއް ކަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް އައިއެފްސީން ކަނޑައަޅާފައި ހުންނެވި ކަންޓްރީ މެނޭޖަރު އެލެހާންޑްރޯ އަލްވަރޭޒް ވިދާޅުވި އެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ތަފާތު އަދި "އިންކްލޫސިވް" ވަޒީފާގެ މާހައުލެއް އުފެއްދުމުގައި އެހެން ކުންފުނިތަކަށް މުހިއްމު ނަމޫނާއެއް ދައްކަމުން ކަމަށް ވެސް އެލެހާންޑްރޯ ވިދާޅުވި އެވެ.
ޖިންސީ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ފުރުސަތުތައް ދިނުމަށް ދިރާގުން އަންނަނީ ވަރަށް ގިނަ ކަންކަން ކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި 'ވިމެން އެމްޕަވަމެންޓް ކޮމިޓީ' އެއް 2019 ވަނަ އަހަރު އުފެއްދުމެވެ.
އަންހެނުން ބާރުވެރި ކުރުމަށް ދިރާގުގެ ސީއެސްއާރުގެ ދަށުން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އަންހެނުން ބާރުވެރިކުރުވަން ދިރާގުން އެކްޝަން ޕްލޭނެއް
"ގާލްސް ޓު ކޯޑް"ގެ ހއ.ދިއްދޫ އެޑިޝަން ނިންމާލައިފި
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް