Roadha Mihaaru
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވަނީ

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސަށް އަރުވަނީ

15 ޑިސެމްބަރ 2022

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން ނިންމައިފި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުގެ މެމްބަރުން އެ ރިޕޯޓް ރައީސަށް އަރުވަނީ މެންދުރު ފަހު ރައީސް އޮފީހުގަ އެވެ. ތަފުސީލެއް އެ ކޮމިޝަނުން އަދި ނުދެ އެވެ.

ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓުން އޮގަސްޓް 2014 ގައި އޭނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގަށް 8 އަހަރު ވެއްޖެ އެވެ. މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަން ފެށީ ކުރިން ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީ އެވެ.

ރިލްވާނަށް ވީ ގޮތެއް ހާމަކުރުމަށް ގޮވާލާ ބަޔަކު އަޑު އުފުލަނީ: ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށް ވަނީ ގިނަ ކުރިއެރުންތަކެއް ލިބިފައި.-- ފޮޓޯ: މިހާރު

ރިލްވާނަށް ވީ ގޮތެއް ހާމަކުރުމަށް ގޮވާލާ ބަޔަކު އަޑު އުފުލަނީ: ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށް ވަނީ ގިނަ ކުރިއެރުންތަކެއް ލިބިފައި.-- ފޮޓޯ: މިހާރު

ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ.

އޭގެ ފަހުން ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދާއި ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ މަރަށް ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ.

އެ ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކަކާ ގުޅިގެންނެވެ. ޝަރީއަތް ނިމެންދެން ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލްގެ އިތުރުން އަހްމަދު މުއާޒްގެ މައްޗަށެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. އެ މައްސަލައިގައި، އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސް ވެސް ކުރި އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އިސޫއަކީ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.

ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015 ގައި ގަވާއިދާ ހިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރުމަށް ފަހު އޭނާ ޑީޕޯޓް ކޮށްލީ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ދައުވާ ބާތިލްކުރީ އެވެ.

ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.

ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުން ކުރިން ހިންގި ތަހުގީގަށް ފަހު ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

އެ ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައި ވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

މި މައްސަލައިގައި އިންސާފު ލަސްވެފައި ވަނީ މައްސަލާގައި އާއިލާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.