15 ޑިސެމްބަރ 2022
ނައިބު ރައީސް ފައިސަލް ނަސީމް އައްޑު އާއި ފުވައްމުލަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އައްޑު އާއި ފުވައްމުލަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަދު، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އައްޑޫގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ބުންޏެވެ.
ސ. ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ހިދުމަތްތައް ވެސް ނައިބު ރައީސް މިއަދު އިފްތިތާހުކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި ހިންގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައި ދެއްވައި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ވެސް އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ބުންޏެވެ.
މި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވަނީ އަންނަ ހޯމަ ދުވަހު އެވެ.
ނައިބު ރައީސް ފުވައްމުލަކާއި އައްޑުއަށް
އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް
"އައްޑޫ ބްރިޖުގެ މަސައްކަތް މި ދައުރުގައި ނިންމާނަން"
ހިތަދޫގައި އިސްލާމިކް ސެންޓަރު އަޅަން ފަށައިފި
އައްޑުއަށް މި ސަރުކާރުން ގެންނަނީ އިންގިލާބީ ބަދަލެއް
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް
އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!