13 ޑިސެމްބަރ 2022
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން، އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި މިއަދު ބާއްވައިފި އެވެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން، އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި މިއަދު ބާއްވައިފި އެވެ.
އެ ޖަލްސާ ބޭއްވީ އެ ރަށުގެ އުތުރުކޮޅުގައި ގިރާ ސަރައްހަދުގައި ގޮނޑިއާ މޭޒު ބަހައްޓައިގެންނެވެ. މުޅި ސަރަހައްދުގައި ކައުންސިލްގެ ކަންބޮޑުވުންތައް ލިޔެފައި ހުރި ބޯޑުތައް ވެސް ބަހައްޓާފައި ހުއްޓެވެ. އެ ޖަލްސާ އަށް ރަށު ރައްޔިތުންނަށް ދައުވަތު ވެސް ދިނެވެެ.
މާމެންދޫ ކައުންސިލުން ބުނި ގޮތުގައި އެ ޖަލްސާގެ މައިގަނޑު މަގްސަދަކީ އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައެއް ހައްލެއް ހޯދުމެވެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހަލުނުކޮށްދިނުމުން އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި ބޭއްވުން -- ފޮޓޯ: މާމެންދޫ ކައުންސިލް
ޖަލްސާގެ އެޖެންޑާގައި އޮތީ އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމާ މެދު މަޝްވަރާކުރުމާއި އަދި އެ ރަށާ އެއް ފަޅެއްގައި އޮންނަ ހުޅިމެންދޫ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައި ނުވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މާމެންދޫ ކައުންސިލުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާ ފަށަމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު އަޒީޒް ވިދާޅުވީ ރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ކައުންސިލުގެ ޖަލްސާތައް ދެން ބާއްވާނީ މައްސަލަތައް ހުރި ތަންތަނުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރަށް ގިރާ މައްސަލަ ހައްލުކުރަން އެ ރަށު ކައުންސިލުގެ ކުރީގެ ދައުރުގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ކަމާބެހޭ އެހެން އިދާރާތަކަށް ވެސް ހުށަހަޅައިގެން އެ މައްސަލަ ހައްލުކުރަން ކައުންސިލުގެ މި ދައުރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިޔަސް، އަދިވެސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގއ. މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހަލުނުކޮށްދިނުމުން އެ ރަށު ކައުންސިލުގެ އާންމު ޖަލްސާ ރަށުގެ ގިރާ ސަރަހައްދުގައި ބޭއްވުން -- ފޮޓޯ: މާމެންދޫ ކައުންސިލް
"ހަގީގަތުގައި މި ރަށް މިހާރު ގިރަމުންދާ ރޭޓަށް ބަލާ ނަމަ ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި ސަރަހައްދުން މީހުން ހުސްކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެ،" އަޒީޒް ވިދާޅުވި އެވެ.
"މިހާރު ވެސް ބައެއް ގޭގެއަށް ލޮނު ވަދެ، ބައެއް ގޭގައި މީހުންނަށް ދިރިނޫޅެވޭ ހިސާބަށް މި ވަނީ ގޮސްފައި."
އެ ސަރަހައްދާ ކައިރީގައި ހުރި އެއް ގެއެއްގެ ފެން ލޮނުވެގެން އެތަނުގައި ނޫޅެވިގެން ބަޔަކު މިހާރު އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނި އެވެ. އަދި އުދަ އަރާ ދުވަސްވަރު ވެސް ގެތަކަށް ވަރަށް ބޮޑަށް ލޮނުގެ އަސަރުކާރާ ކަމަށް ބުންޏެވެ.
ކައުންސިލުގެ ބައެއް މެމްބަރުން ވިދާޅުވިގޮތުގައި، އެ މައްސަލައާ ގުޅިގެން މަޝްވަރާކުރުމަށް ރައީސް އޮފީހުން އެޕޮއިޓްމަންޓެއް ހަމަޖައްސައިދިނުމަށް އެދުނު ފަހުން ދެ މަސްވީއިރު ވެސް އަދިވެސް ޖަވާބެއް ނުލިބެ އެވެ.
ހުޅުދުއްފާރުން 150 ފޫޓުގެ ސަރަހައްދެއް ގިރާލައިފި
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!
ފެރިދޫ ގިރައި، "ރަށްވެހިގެ" ވެއްޓިއްޖެ
އައްޑޫން ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
"ރަށް ގިރުމަށް މިވަގުތު އޮތް ހައްލަކީ ބަސްތާޖެހުން"
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން
ފައިނަށް އުއްމީދެއް، ވެއްޓުނު ގަސްތައް ކޮޅަށް ނަގައިފި
"ރަށްތައް ގިރީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން"