ދުނިޔެއާ އެކަހެރިވެ އޮވެ ހުދުމުހުތާރު ވެރިކަމެއްކުރާ އުތުރު ކޮރެއާގައި، ދެކުނު ކޮރެއާގެ ފިލްމު ބެލި ފުރާވަރު ދެ ކުއްޖަކަށް އާންމުންގެ ކުރިމަތީ މަރުގެ ހުކުމް ތަންފީޒުކޮށްފި ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.
ދުނިޔެއާ އެކަހެރިވެ އޮވެ ހުދުމުހުތާރު ވެރިކަމެއްކުރާ އުތުރު ކޮރެއާގައި، ދެކުނު ކޮރެއާގެ ފިލްމު ބެލި ފުރާވަރު ދެ ކުއްޖަކަށް އާންމުންގެ ކުރިމަތީ މަރުގެ ހުކުމް ތަންފީޒުކޮށްފި ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 16-17 އަހަރުގެ ދެ ކުއްޖަކު ސަރުކާރުން އަމުރަށް ނުކިޔަމަންތެރިވެ މުޖުތަމައު ފަސާދަވާ ފަދަ ކަންކަން ކުރިކަމަަށް ބުނެ މަރާލީ އެ މަންޒަރު ބަލަން އާންމުން އެއްކޮށް އެ މީހުންގެ ކުރިމަތީގައި މިދިޔަ އޮކްޓޫބަރު މަހު އެވެ.
އުތުރު ކޮރެއާގައި އެހެން ގައުމެއްގެ ފިލްމެއް ބެލުމާއި ވިއްކުމަކީ ކުށަކަށް ހަދާފައި އޮންނައިރު އެފަދަ ފިލްމެއް ބެލީ ފުރަތަމަ ފަހަރު ނަމަ އަދަބަކީ ބުރަ މަސައްކަތް ކުރާ ޑިސިޕްލިން ސެންޓަރެއްގައި ބަންދުކުރުމެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހަކު މައިންބަފައިންނާ އެކު މިފަދަ ސެންޓަރެއްގައި ބަންދުކުރާނެ އެވެ.
މަރުގެ އަދަބު ދިނީ އެ ކުދިން ފިލްމު ބެލުމުގެ އިތުރުން ފިލްމު ވިއްކާފައި ވެސް ވާތީ ކަމަށްވެ އެވެ.
ބޭރު އެއްވެސް ގައުމެއްގެ މިޑިއާއެއް ބޭނުންކުރުމަކީ އުތުރު ކޮރެއާގައި ވަރަށްބޮޑު ކުށެކެވެ. ޚާއްސަކޮށް އަވަށްޓެރި ދެކުނު ކޮރެއާގެ އެއްވެސް ފިލްމެއް އަދި ޑްރާމާއެއް ބެލުމަކީ އަދަބު ބޮޑުވާކަމެކެވެ.
މީހުން މެރުމާއި ބޭރު ގައުމެއްގެ ފިލްމު ބަލައި ވިއްކުމަކީ އުތުރު ކޮރެއާގައި އެއް ހުކުމެއް ހިނގާ ދެ ކުށެވެ.
އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި ބޭރު ގައުމުތަކު ފިލްމް އެގައުމަށް ތައާރަފް ކުރުމަކީ އެ މީހުންގެ ސަގާފަތާއި އާދަކާދަ ފޮހެވިގެންދާނެ ކަމެކެވެ. އަދި ބޭރުގައުމުތަކުގެ ވިޔާނުދާ އުޅުން އެމީހުންގެ ތެރެއަށް ފެތުރޭނެ ސަބަބެކެވެ. .
އަނަސްގެ މަރު: މީހުން ބަންދު ނުކުރުމުން ސުޕްރީމްކޯޓަށް
ރޭޕްގެ ކުށް ސާބިތުވީ ދޮންނަމެޝިނެއްގެ ދޮރުގެ ހިޔަނިން
ދަރިވަރަކު މަރާލި 20 މީހުންގެ މަރުގެ ހުކުމަށް ތާއީދު
ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރަށް ބޮޑެތި ތުހުމަތުތައް
ނަޒާހާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ