Roadha Mihaaru
މެލޭޝިޔާގެ ބޮޑުވަޒީރުކަން އަންވަރަށް ދެއްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރުކަން އަންވަރަށް ދެއްވައިފި

24 ނޮވެމްބަރ 2022

މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި، އެ ގައުމުގެ އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމާ ގުޅިގެން، އެ ގައުމުގެ ރަސްގެފާނު އަބްދުﷲ، އާ ބޮޑުވަޒީރުގެ މަގާމަށް، އަންވަރު އިބްރާހީމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މިފަހަރުގެ އިންތިހާބުގައި، މިހާރު ވެރިކަން ކުރާ ކޯލިޝަން އާއި އިދިކޮޅު ކޯލިޝަނުން ވާދަކޮށްގެން ވެސް، އެއްވެސް ކޯލިޝަނަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ނުހޯދުނެވެ. އަންވަރު އިބްރާހީމްގެ އިދިކޮޅު ކޯލިޝަން (ޕަކަޓަން ހަރަޕަން) އިން ގިނަ ގޮނޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ އަގުލަބިއްޔަތެއް ނުހޯދުނެވެ.

މަޖިލީހުގެ ޖުމްލަ 222 ގޮނޑީގެ ތެރެއިން އަންވަރުގެ ކޯލިޝަނަށް ކާމިޔާބުކުރެވުނީ އެންމެ 82 ގޮނޑި އެވެ. އަދި އޭރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕެރިކަޓަން ނެސިނިއޮލް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ އެންމެ 73 ގޮނޑި އެވެ.

މި ނަތީޖާތަކަށާއި ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެއްވުމަށް ފަހު، ބޮޑުވަޒީރުގެ މަގާމަށް އަންވަރު އައްޔަންކުރައްވަން ރަސްގެފާނު ނިންމެވީ، އަގުލަބިއްޔަތު ނުލިބުނު ނަމަވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އަންވަރުގެ ކޯލިޝަނުން ކަމަށްވާތީ އެވެ. ކުރިން ބޮޑުވަޒީރުގެ ނައިބުގެ މަގާމު ފުރުއްވުމަށް ފަހު، ތަފާތު ތުހުމަތުތަކެއްގައި 10 ވަރަކަށް އަހަރު ޖަލުގައި ވެސް ހޭދަކުރެއްވި އަންވަރަށް، މެލޭޝިޔާގެ ވެރިކަން މި ލިބިވަޑައިގަތީ އެ މަގާމު ހޯއްދެވުމަށް މަސައްކަތް ކުރައްވާތާ އެތައް އަހަރެއް ފަހުންނެވެ.

އަންވަރުގެ ކޯލިޝަނަށް އަގުލަބިއްޔަތު ނުލިބުނު ނަމަވެސް، ގިނަ ގޮނޑި ކާމިޔާބުކުރުމާއެކު، ބައެއް ކުދި ޕާޓީތަކުންނާއި، އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ބައެއް ޕާޓީތަކުން ވެސް މިހާރު ވަނީ އަންވަރުގެ ސަރުކާރަށް ތާއީދުކުރަން ނިންމައިފަ އެވެ. ރަސްގެފާނު އަބްދުﷲގެ ކުރިފުޅު މަތީގައި، އަންވަރު މަގާމުގެ ހުވައި ކުރެއްވުން އޮންނާނީ މިއަދު ހަވީރު 5:00ގަ އެވެ.