Roadha Mihaaru
ވައިޓަލްކެއާ ޑެންޓަލް: ދަތުގެ ފަރުވާގައި މަގުބޫލުނަމެއް

ވައިޓަލްކެއާ ޑެންޓަލް: ދަތުގެ ފަރުވާގައި މަގުބޫލު ނަމަކަށް!

22 ނޮވެމްބަރ 2022

ވައިޓަލް ކެއާ ޑެންޓަލް އަކީ ހިދުމަތްތައް ފުރިހަމަ ތަފާތު ކްލިނިކެކެވެ. އެ ކްލިނިކުގެ ތަފާތުކަން އެ ތަނަށް ވަނުމާ އެކު ވެސް ފާހަގަކުރެވޭނެ އެވެ. އެ ތަނުން އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔަނީ ހިނިތުންވުމަކާ އެކު ކަސްޓަމާ ކެއާގެ މުވައްޒަފެކެވެ. އޭނާ އަކީ ބަލިމީހާގެ މައުލޫމާތުތައް ސާފުކޮށް، ބަލިމީހާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ހުންނަ އެޖެންޓެކެވެ. އެއީ، އާއްމުކޮށް ރާއްޖެއިން ފެންނަ ހިދުމަތެއް ނޫނެވެ.

ވައިޓަލް ކެއާ ޑެންޓަލް އަކީ ހިދުމަތްތައް ފުރިހަމަ ތަފާތު ކްލިނިކެކެވެ. އެ ކްލިނިކުގެ ތަފާތުކަން އެ ތަނަށް ވަނުމާ އެކު ވެސް ފާހަގަކުރެވޭނެ އެވެ. އެ ތަނުން އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔަނީ ހިނިތުންވުމަކާ އެކު ކަސްޓަމާ ކެއާގެ މުވައްޒަފެކެވެ. އޭނާ އަކީ ބަލިމީހާގެ މައުލޫމާތުތައް ސާފުކޮށް، ބަލިމީހާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ހުންނަ އެޖެންޓެކެވެ. އެއީ، އާއްމުކޮށް ރާއްޖެއިން ފެންނަ ހިދުމަތެއް ނޫނެވެ.

އެ ކްލިނިކުގެ ހިތްގައިމު މާހައުލުން ވެސް ތަނުގެ ތަފާތުކަން އިހުސާސް ވާނެ އެވެ. ހޮޓެލެއްގެ ލޮބީއެއް ފަދަ އިންޓީރިއާ އާއި ތަނުގައި ހުންނަ މިޔުޒިކީ މަޑު ރާގުން ކްލިނިކެއްގެ ލޮބީއަކަށް ވުރެ، ސްޕާއެއްގެ އިހުސާސް މާ ބޮޑަށް ކުރެވޭނެ އެވެ.

އެހެން ކްލިނިކުތަކުގެ އިންޓީރިއާ އަށް ވުރެ މި ތަނުގެ އިންޓީރިއާ ތަފާތު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެން ކްލިނިކުތަކުގެ އިންޓީރިއާ އަށް ވުރެ މި ތަނުގެ އިންޓީރިއާ ތަފާތު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދަތުގެ އާންމު އަދި ހާއްސަ ގިނަ ފަރުވާ ފޯރުކޮށްދޭ އެ ކްލިނިކުގައި ތަފާތު އެކި ވައްތަރުގެ ނަރުގަނޑު އެޅުވުމުގެ ހިދުމަތާއި، ލޭޒާގެ އެހީގައި ކުރެވޭ ދަތުގެ އަދި އަނގައިގެ ކުދި އޮޕަރޭޝަންތަކުގެ ހިދުމަތް ލިބެ އެވެ. އަދި ދަތް ހުދުކުރުމާއި، ދަތް ނެގުމުން ފެށިގެން ފުޓުނި އެޅުމާއި ރޫޓްކެނަލްގެ ފަރުވާ އަދި ދަތުގެ އޯޕީޖީ އެކްސްރޭގެ ހިދުމަތް ވެސް ލިބެ އެވެ.

އެ ތަނުގައި ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ދަތުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތާއި، ހާއްސަ ޕްރޮސްތޯޑޮންޓިސްޓް ޑޮކްޓަރަކާ އެކު ކްރައުން ނުވަތަ ދޯރިލެއްވުމާއި ދަތްޕިލަހެދުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ދަތާ ގުޅުން ހުރި ތަދުތަކާއި މައިގްރެއިން އަދި ސްލީޕް އެޕްނިއާ ފަދަ ބައެއް ބަލިތަކަށް ފަރުވާ ދިނުމުގެ ފެލޯޝިޕެއް ކަމަށްވާ ކްރޭނިއޯ މެންޑިބިއުލާ އޯތޯޕީޑިކް ހައްދަވާފައި ހުރި ނިއުރޯމަސްކިއުލާ ޑެންޓިސްޓަކު ވެސް އަންނަނީ ހިދުމަތް ދެމުންނެވެ. އަދި ދަތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅުންހުރި ބަލިތަކުގައި އެންމެ ގާތުން މަސައްކަތްކުރާ ސްޕެޝަލިޓީސްތައް ކަމަށްވާ އީއެންޓީ އަދި އެތެރެހަށީގެ ޑޮކްޓަރުންގެ ހިދުމަތް ވެސް އެ ކުލިނިކުން ލިބޭނެ އެވެ.

ދަތުގެ ގިނަ ހިދުމަތްތަކެއް ވައިޓަލް ކެއާ އިން ލިބޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދަތުގެ ގިނަ ހިދުމަތްތަކެއް ވައިޓަލް ކެއާ އިން ލިބޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ކްލިނިކަކީ ބޭރުގެ ތަޖުރިބާކާރު ޖެނެރަލް އަދި ސްޕެޝަލިސްޓް ގިނަ ދަތުގެ ޑޮކްޓަރުން ހިދުމަތްދެމުން އަންނަ ތަނެކެވެ. އުނދަގޫ ދަތްތައް އުފުރުމާއި، މޫނާއި އަނގައިގެ ކޮސްމެޓިކް އަދި ޓްރޯމާ ފަރުވާ އާއި އަނގައިގެ ސިސްޓުނެގުމާއި، ކަތުރުކަށިގަނޑުގެ ބަލިތަކާއި، އިމްޕްލާންޓް ފަރުވާތަކަށް ހާއްސަ މެގްޒިލޯފޭޝަލް ސާޖަންގެ ހިދުމަތް ވެސް އެ ތަނުން ލިބެ އެވެ.

އިމްޕްލާން ފަރުވާ އަކީ ދަތް އިންދުމުގެ އެންމެ ފުރިހަމަ އަދި ގިނަދުވަހަށް ހައްލު ހޯދައިދޭ ފަރުވާ އެވެ. ވައިޓަލްކެއާއިން އެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެ ކަމަށް ބޭނުންވާ މެޝިނަރީޒް އަދި އިމްޕްލާންޓް އަށް ބޭނުން ކުރާ މެޓީރިއަލް ގެންނަނީ އެކަމަށް ދުނިޔޭގެ އެންމެ އިތުބާރު ބްރޭންޑްތަކެވެ.

މި ތަނުން ވަރަށް ފުރިހަމަ ކަސްޓަމާ ކެއާ ހިދުމަތް ވެސް ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ތަނުން ވަރަށް ފުރިހަމަ ކަސްޓަމާ ކެއާ ހިދުމަތް ވެސް ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވައިޓަލް ކެއާއިން ދޭ ހިދުމަތްތައް ސިއްހީގޮތުން އެންމެ ރައްކާތެރި ހިދުމަތްތަކަކަށް ހެދުމަށް ތަނުގެ އާންމު ސާފުތާހިރު ކަމާއި ހިދުމަތް ދިނުމުގައި ބޭނުން ކުރާ ޓޫލްސްތައް އޮޓޯކްލޭވްކޮށް ސްޓެރިލައިޒް ކުރަނީ ސްޓޭންޑާޑް ބެސްޓް ޕްރެކްޓިސް ގައިޑްލައިންތަކާއި އެއްގޮތަށެވެ. މެދުނުކެނޑި ހިދުމަތްދިނުމުގެ ގޮތުން ދަތުގެ ފަރުވާ އަށް ބޭނުންކުރާ މެޝިންތަކާއި ޑެންޓަލް ޗެއާއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެ ކްލިނިކްގައި ޑެންޓަލް ޗެއާ މެކޭނިކެއް ވެސް ހުރެއެވެ. ޑެންޓަލް ޗެއާ މެކޭނިކަކީ ޑެންޓަލް ކްލިނިކްތަކުން ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް މުހިންމު ދައެރެއް އަދާ ކުރާ ޓެކްނީޝަނެކެވެ. އެ ފަދަ މެކޭނިކުންނަކީ ރާއްޖޭގައި މަދު ބަޔަކަށް ވުމުން ވައިޓަލް ކެއާއިން ދަނީ ޑެންޓަލް ޗެއާގެ މައްސަލަތަކަށް ބޭނުންވާ ޓެކްނިކަލް އެހީ މާލެއާއި އަތޮޅުތެރޭގެ ގިނަ ކްލިނިކްތަކަކަށް ފޯރު ކޮށްދެމުންނެވެ.

މި ތަނަކީ މާލޭގައި އެންމެ ގިނަ ޑެންޓަލް ޔުނިޓުތައް ހުރި ކުލިނިކު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ތަނަކީ މާލޭގައި އެންމެ ގިނަ ޑެންޓަލް ޔުނިޓުތައް ހުރި ކުލިނިކު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވައިޓަލް ކެއާ އަކީ ޒަމާނުއްސުރެ ސިއްހީ ހިދުމަތް ހޯދުމުގައި ބަލިމީހުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ މަގްސަދުގައި ހުޅުވި ކްލިނިކެކެވެ. ދެ ޑެންޓަލް ޗެއާއިން ހިދުމަތް ފެށި އެ ކްލިނިކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ހަތް ޑެންޓަލް ޗެއާ އޮޕަރޭޓް ކުރާ ރާއްޖޭގެ އެންމެ ބޮޑު ކްލިނިކަކަށް ވުމުގެ ސިއްރަކީ މި އެވެ.

ވައިޓަލްކެއާގެ އަމާޒަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ފަސޭހައިން ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ރަށްރަށުގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވައިޓަލް ކެއާއިން ފަށާފައިވާ މަސައްކަތުގެ ދަށުން ދަތުގެ ކްލިނިކެއް ހދ. ކުޅުދުއްފުށީގައި ހުޅުވައި، އެ ތަނުން މިހާރު އަންނަނީ ހިދުމަތްދެމުންނެވެ. އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށް މަލްޓިސްޕެޝަލިޓީ ފަރުވާ ކުޅުދުއްފުށީގައި ފެށުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހުވަދު އަތޮޅުގައި ވެސް ވައިޓަލްކެއާގެ ކްލިނިކެއް ހުޅުވުމުގެ ތައްޔަރީތައް ވެސް އަންނަނީ ވަމުންނެވެ.

ވައިޓަލް ކެއާ ހުންނަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ކަނޑުވައިގޭގަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވައިޓަލް ކެއާ ހުންނަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ކަނޑުވައިގޭގަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވައިޓަލް ކެއާގައި މުއައްޒަފުންގެ މަސައްކަތާއި ތަނުގެ އިންތިޒާމްތައް ބައްޓަން ކޮށްފައި ވަނީ ހިދުމަތް ހޯދުމަށް އަންނަ މީހުންނަށް އެންމެ ފުރިހަމަ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށެވެ. ވައިޓަލްކެއާގެ ބްރޭންޑް ފިލޯސަފީ އަކީ ފަރުވާތެރިކަމާއި އަޅާލުމާ އެކު ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމެވެ.

VitalCare Dental| Male' Maldives

VitalCare Dental| Male' Maldives

Welcome to VitalCare Dental. We are here to make your dental appointments a comfortable and pleasant experience.

VitalCare Dental | Your Dental Hygiene

މި ވެބްސައިޓު މެދުވެރިކޮށް ވައިޓަލް ކެއާގެ އިތުރު މައުލޫމާތާއި އެޕޮއިންޓްމަންޓް ބުކިން ހެދޭނެ.

ވައިޓަލް ކެއާ ހުންނަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ކަނޑުވައިގޭގަ އެވެ. އެ ކްލިނިކުގެ ހޮޓްލައިން ނަމްބަރު 3321315 އަށް ގުޅައިގެން ނުވަތަ 9191315 އަށް ވައިބާ ކޮށްގެން އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.

ނޯޓު: މިއީ ވައިޓަލް ކެއާ ޑެންޓަލްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.