17 ނޮވެމްބަރ 2022
ސީނިއާ ސާޖަންޓް ސަންފާ އިބްރާހިމް ދީދީ ބުނިގޮތުގައި ކައްޕިއެއްގެ ތޮފި އަޅައިގެން، ބަޔަކު ގޮވައިގެން އޭނާ ކުރަން ޖެހުނު ފުރަތަމަ ދަތުރުގެ ކަންކަން ދިޔައީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ހުރެ ފެށި އެ ދަތުރު ނިންމާލީ އާ ހިތްވަރަކާ އެކުގައި ކަމަށެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ ހާއްސަ ދުވަހަށް ވެސް ވެއްޖެ ކަމަށް ބުންޏެވެ.
ސީނިއާ ސާޖަންޓް ސަންފާ އިބްރާހިމް ދީދީ ބުނިގޮތުގައި ކައްޕިއެއްގެ ތޮފި އަޅައިގެން، ބަޔަކު ގޮވައިގެން އޭނާ ކުރަން ޖެހުނު ފުރަތަމަ ދަތުރުގެ ކަންކަން ދިޔައީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ހުރެ ފެށި އެ ދަތުރު ނިންމާލީ އާ ހިތްވަރަކާ އެކުގައި ކަމަށެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ ހާއްސަ ދުވަހަށް ވެސް ވެއްޖެ ކަމަށް ބުންޏެވެ.
ސަންފަ އަކީ ފުލުހުންގެ 89 އަހަރުވީ ދިގު ތާރީހުގައި، އެ ހިދުމަތުގެ ފުރަތަމަ އަންހެން ކައްޕި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މިހާރު މަސައްކަތްކުރާ ސަންފަ، ފުލުސް އޮފީހާ ގުޅުނީ އޮކްޓޯބަރު 10، 2006 ގަ އެވެ.
"އިންޖީނުލީ ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، ސަންފަ މިއަދު މާސިންގާ ކަނޑުތަކަށް ފުލުހުންގެ ހިދުމަތުގައި އެ ނުކުތީ ދިވެހި ފުލުހުންގެ ތާރީހުގައި ރަން އަކުރުން އޭނާގެ ނަން ލިޔަމުންނެވެ،" ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ސަންފަގެ ހާއްސަ އިންޓަވިއުގައި ވެ އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ސަންފަ އެންމެ ފުރަތަމަ މަސައްކަތްކުރީ ކ. ދޫނިދޫ ކަސްޓޯޑިއަލް ޖަލުގަ އެވެ. މިދިޔަ 16 އަހަރުގެ ތެރޭގައި އޭނާ ވަނީ މާލޭ ކަސްޓޯޑިއަލް ޖަލާއި ޕޮލިސް މެޑިކަލްގަ އާއި ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ފުލުހުން ތަމްރީނު ކުރުމަށް ބޭއްވި އެކި ކޯސްތައް ވެސް އޭނާ ފުރިހަމަކޮށްފައިވެ އެވެ.
ފުޓުބޯޅަ އާއި ހޭންޑްބޯޅަ އާއި އެ ނޫން ވެސް ފުލުހުން ބައިވެރިވާ ކުޅިވަރުތަކުގައި އޭނާ އަކީ ވަރަށް ގިނަ ކާމިޔާބީތައް ވެސް ހޯދާ އޮފިސަރެއް ކަމަށް ފުލުހުން ބުންޏެވެ.
ސަންފަ ބުނިގޮތުގައި، ކަނޑުމަތީގައި މަސައްކަތް ކުރުމަކީ އޭނާ އަބަދު ވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި ކަމެކެވެ. އެހެންވެ، ލިބުނު ފުރުސަތުގެ ބޭނުން ހިފީ އުފަލާކު އެވެ. އެއީ ނުކުރެވިދާނެ ކަމެއް ކަމަށް ބިރު ހީވެފައި އޮތަސް، ހުރިހާ ތަމްރީނެއް ފުރިހަމަކޮށް، އެ މަސައްކަތަށް ނުކުތީ ވަރަށް ބޮޑު ހިތްވަރަކާ އެކުގައި ކަމަށް ބުންޏެވެ.
ފުލުހުންގެ ފުރަތަމަ އަންހެން ކައްޕި، ސީނިއާ ސާޖަންޓް ސަންފާ އިބްރާހިމް ދީދީ -- ފޮޓޯ: ޕޮލިސް މީޑިއާ
ސަންފަ ވަނީ މެރިން ޕޮލިހާއި ޔޫއެންއޯޑީސީ އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށް ގެންދިޔަ ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކޮށްފަ އެވެ. އޭނާ އަކީ އެ ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަ ކުރި ވެސް ފުރަތަމަ އަންހެން ފުލުސް އޮފިސަރެވެ.
ނިއަމި ކަމުގެ އެ ކޯހުގެ ތެރެއިން ފުރަތަމަ ކަނޑަށް ނުކުތް ދުވަހަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ދުވަހެއް ކަމަށް ސަންފަ ބުންޏެވެ.
"އެއީ މުޅިން ތަފާތު، ހިތްތެޅުން ބާރު ދުވަހެއް. ހާއްސަކޮށް ލޯންޗުގެ ހުންގާނުގައި ހިފައި ފުރަތަމަ ދަތުރަށް ފެށި ވަގުތު. ހުންގާނު ރަނގަޅަށް ހިފި ސްޕީޑް ނުހިފެހެއްޓިގެން ދިޔަ ވަގުތުކޮޅުތަކެއް. ކަނޑުމަތީގެ ހާދިސާތަކުގައި ލޯންޗު، ދޯނި ބަނޑުން ޖަހާލާފައިވާ ހާދިސާތައް ހިތުގައި އިތުރުވެ ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަމުން ދިޔަ،" އޭނާ ބުންޏެވެ.
ކައްޕިއެއްގެ ގޮތުގައި ފުރަތަމަ ކުރި ދަތުރަކީ ވެސް ހަމަ އެ ކަހަލަ ބިރުވެރި ތަޖުރިބާއެއް ކަމަށް ސަންފަ ބުންޏެވެ.
''އެ ދުވަހު ލޯންޗު ޖެޓީއާ ގާތްކުރެވުނީ ވަރަށް އުނދަގުލުން. އެހެންވެ ވަރަށް ހާސްވި. އަދި ލޯންޗުގައި ތިބި މީހުން އެކަމާ ހިތައް އަރާފާނެ އެއްޗަކާ މެދު ވިސްނުނު. އެހެން ނަމަވެސް ދަތުރު ނިމި ލޯންޗުން ފައިބައިގެން ދަމުން ކޮންމެ މީހަކު ވެސް ވަރަށް ރަނގަޅޭ ބުނީމާ ހިތަށް އެރި ލޯންޗު މި ދުއްވުނީ ގޯސްކޮށް ނޫން ކަން،" ސަންފަ ބުންޏެވެ.
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެނެއް!
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
ޑްރަގް ވިއްކައި މަނީލޯންޑަކުރާ ބޮޑު ނެޓްވޯކެއް ހައްޔަރު
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
ބިއްލޫރި ޝީޓުތަކެއް ތަޅައިގެންގޮސް ސީރިއަސް އަނިޔާތަކެއް
މަގުތައް ތަރައްގީކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހުން ހައްޔަރަށް
ޑްރަގު އޮޕަރޭޝަނެއް ހުއްޓުވަން ފުލުހުންނާ ކުރިމަތިލައިފި