Roadha Mihaaru
ރެހެންދި ސްކޫލުގެ ކިޔެވުން އޮންލައިންކޮށް!

ރެހެންދި ސްކޫލުގެ ކިޔެވުން އޮންލައިންކޮށް!

14 ނޮވެމްބަރ 2022

ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕެނަލް ބޯޑެއްގައި މިއަދު ހެނދުނު ރޯވުމާ ގުޅިގެން އެ ސްކޫލުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހާ ހަމައަށް މެދުކަނޑާލައި، އޮންލައިންކޮށް ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕެނަލް ބޯޑެއްގައި މިއަދު ހެނދުނު ރޯވުމާ ގުޅިގެން އެ ސްކޫލުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހާ ހަމައަށް މެދުކަނޑާލައި، އޮންލައިންކޮށް ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

އެ ސްކޫލުގެ 4،5 ވަނަ ބުރީގެ ޕެނަލް ބޯޑުގައި ހެނދުނު 6:30 ހާއިރު ރޯވުމާ ގުޅިގެން މިއަދު ކިޔަވައެއް ނުދެ އެވެ.

ރެހެންދި ސްކޫލުން ނެރުނު ލިޔުމެއްގައި މިރޭ ބުނީ، އެ ތަނުގެ ކަރަންޓު ވިއުގަ އަށް ލިބުނު ގެއްލުންތައް އެޑިއުކޭޝަން މިނިސްޓްރީގެ ލަފައާއެކު، ސްޓެލްކޯގެ ބެލުމުގެ ދަށުން ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"ލިބުނު ގެއްލުން މުޅިން ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެ ކަމަށް ލަފާކުރެވެނީ 20 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ،" ބަޔާނުގައި ބުންޏެވެ.

އެހެންވެ، މާދަމާ އިން ފެށިގެން އޮންލައިންކޮށް ކިޔަވައިދޭން ނިންމައި، ވަގުތުތައް މިރޭ ވަނީ ކަނޑައަޅައިފަ އެވެ.

● އޮންލައިންކޮށް ކިޔަވައިދޭނެ ވަގުތުތައް:

- ގްރޭޑް 1 (ހެނދުނު 9 އިން 11 އާ ދެމެދު)

- ގްރޭޑް 2،3،4،5،6 (މެންދުރު 1 އާއި ހަވީރު 5 އާ ދެމެދު)

- ގްރޭޑް 7،8،9،10 (ހަވީރު 4 އާއި 6 އާ ދެމެދު އަދި ރޭގަނޑު 8 އާއި 9 އާ ދެމެދު)

- ޔޫކޭޖީ (ހަވީރު 4 އިން 6 އާ ދެމެދު)

ރެހެންދި ސްކޫލުން ބުނީ، އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއެކު، ފިލާވަޅުތަކާ ގުޅޭ އިތުރު މައުލޫމާތުތައް އެ ކްލާހެއްގެ ވައިބަ ގުރޫޕް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށެވެ.

"މި ގޮތުން ގޫގުލްމީޓް މެދުވެރިކޮށް ކިލާސްތައް ނެގުމާއި ވައިބަ މެދުވެރިކޮށް ދަރިވަރުންނާ މަސައްކަތް ހަވާލު ކުރުމާއި މަސައްކަތު ކަރުދާހުގެ ގޮތުގައި ހަވާލު ކުރެވޭ މަސައްކަތާއި އަދި މައިދާނީ ދަތުރުތައް ވެސް ރޭވިގެން ދާނެ އެވެ،" ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ރެހެންދި ސްކޫލުނު ނެރުނު ލިޔުމުގައި ވެ އެވެ.

ޕެނަލް ބޯޑުގައި ރޯވި ވަގުތަކީ މިއަދު ހެނދުނުގެ ސެޝަނަށް ކުދިން ސްކޫލަށް ދިޔަ ވަގުތު ކަމަށް ވާތީ، އެ ކުދިންގެ ރައްކަލަށްޓަކައި ވަނީ ކުދިން ގެ އަށް ފޮނުވާލައިފަ އެވެ. އެއާއެކު، ކިޔެވުން މެދުކަނޑާލި އެވެ.

އެމްއެންޑީއެފުން ބުނީ، ރެހެންދި ސްކޫލުގެ ޕެނަލް ބޯޑުގައި ރޯވި އަލިފާން، ހުޅުމާލޭގެ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ނިއްވާލީ ހެނދުނު 7:19 ގައި ކަމަށެވެ.