13 ނޮވެމްބަރ 2022
ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ނޫޓު ނެރެފި އެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ނޫޓު ނެރެފި އެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ 50ރ. ގެ ނޫޓުގަ އެވެ. އެމްއެމްއޭ އިން ބުނީ އަލަށް ނެރުނު 50ރ. ނޫޓުގެ ވައަތް ފަރާތުން މޫނުމަތީ އަގާ އެކު އާއި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.
އެ ނޫޓް ދައުރުކުރަން ނެރޭ ތާރީހު އަދި އެމްއެމްއޭއިން އިއުލާނެއް ނުކުރެ އެވެ.
ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މި ނިޝާން ތައާރަފް ކުރީ މިދިޔަ ޖުލައި މަހު އެވެ.
ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރަން މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެ އެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅީ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.
އާ ނިޝާން ހިމެނޭ ނޫޓު އަންނަ މަހު ބޭނުން ކުރަނީ
ދިވެހި ރުފިޔާގެ ނިޝާން މިއަދު ދައްކާލަނީ
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ނަގުދު ފައިސާ ބޭނުންކުރާ ވަރު އިތުރުވެއްޖެ
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް
ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ
އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު 55 ބިލިއަނަށް
އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި
ސްޓޮކް މަދުވުމުން 50ރ. ގެ ނޫޓް އަލުން ޗާޕުކޮށްފި