31 އޮކްޓޯބަރ 2022
ޖިންސީ ބަލިކަށި ކަމަކީ އޭނާ މުޅިން މާޔޫސްކޮށް، ހާސްކޮށްލި ކަމެކެވެ. އެކަމަކު އެހެން ބަލަން ނުހުރެ، އިބްރާހިމް (އަސްލު ނަމެއް ނޫން)، ބޭނުންވީ އެކަމަށް ހައްލެއް ހޯދާށެވެ. އެހެންވެ، އެންމެ ފުރަތަމަ އޭނާ އެ "ބޭސް" ބޭނުން ކުރީ މާލެއިން ރަށަށް ދިޔަ މީހެއްގެ ލަފަޔަށެވެ. އެކަން ހައްލުވާނެ ކަމަށް ބުނެ އޭނާ ދިން ޔަގީންކަމާ އެކު ދެން ކުރިމަތިވީ މުޅި އުމުރު އެއަށް ދެވިހިފުމެވެ. ހަގީގަތަކީ ކުނޑިތަކެއް އަޅާފައި ހުރި އެ ޕެކެޓްތަކަކީ، ހަމައެކަނި ޖިންސީ ބަލިކަށި ކަމުގެ ހައްލަކާ ގުޅުން އޮތް އެއްޗެއް ނޫން ކަމެވެ. އޭނާ އަށް ނޭނގި ނަމަވެސް، އެ ވަދެވުނީ ޑްރަގްސްގެ ތެރެއަށެވެ!
ޖިންސީ ބަލިކަށި ކަމަކީ އޭނާ މުޅިން މާޔޫސްކޮށް، ހާސްކޮށްލި ކަމެކެވެ. އެކަމަކު އެހެން ބަލަން ނުހުރެ، އިބްރާހިމް (އަސްލު ނަމެއް ނޫން)، ބޭނުންވީ އެކަމަށް ހައްލެއް ހޯދާށެވެ. އެހެންވެ، އެންމެ ފުރަތަމަ އޭނާ އެ "ބޭސް" ބޭނުން ކުރީ މާލެއިން ރަށަށް ދިޔަ މީހެއްގެ ލަފަޔަށެވެ. އެކަން ހައްލުވާނެ ކަމަށް ބުނެ އޭނާ ދިން ޔަގީންކަމާ އެކު ދެން ކުރިމަތިވީ މުޅި އުމުރު އެއަށް ދެވިހިފުމެވެ. ހަގީގަތަކީ ކުނޑިތަކެއް އަޅާފައި ހުރި އެ ޕެކެޓްތަކަކީ، ހަމައެކަނި ޖިންސީ ބަލިކަށި ކަމުގެ ހައްލަކާ ގުޅުން އޮތް އެއްޗެއް ނޫން ކަމެވެ. އޭނާ އަށް ނޭނގި ނަމަވެސް، އެ ވަދެވުނީ ޑްރަގްސްގެ ތެރެއަށެވެ!
"މާލެއިން ރަށަށް އައި ރައްޓެއްސެއް އެއީ. އޭނަ ދެއްކި އެކަމަށް ވަރަށް ރަނގަޅު ބޭހެކޭމީ ކިޔާފައި. އެއީ ހެރޮއިން. ފުރަތަމަ ބޭނުން ކުރީ ކުޑަ އެތިކޮޅެއް. އޭރު ނޭނގޭ މިއީ މަސްތުވާ އެއްޗެއް ކަމެއް. އަލަށް ވިއްޔާ އެ ފެނުނީ. ބޭނުން ކުރީ އެކަން ކުރަން ބޭނުން ވީމަ ބޭނުން ކޮށްލާ ގޮތަށް. އެހެން ގޮސް ފަހުން އެއަށް ދެވިހިފީ،" ފޯނުން ކިޔައިދެމުން އިބްރާހިމް ބުންޏެވެ.
އެންމެ ކަމެއްގެ ފަރުވާ ހޯދަން އުޅުނު އިބްރާހިމަށް މިހާރު ކުރިމަތިވެފައިވާ އެހެން މައްސަލަތައް މާ ގިނަ އެވެ. އުމުރުން ދުވަސްވެފައި ހުއްޓާ، މަސްތުގެ ބަވާ އިން ސަލާމަތްވާން ވެސް ޖެހިއްޖެ އެވެ. އެކަމުގެ ތެރޭގައި އޭނާގެ އާއިލާއާ މައްސަލަ ޖެހިއްޖެ އެވެ. ގައިބާރު ދެރަވެ، ދަރިންގެ ލޯތްބާއި އަޅާލުމަށް އެންމެ ބޭނުންވި ދުވަހު، ދަރިން އޭނާ އަށް ފެއަށް ޖެހިލައިފި އެވެ.
އުމުރުން ދުވަސްވީ ފިރިހެނަކު އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެއީ ހަމައެކަނި އިބްރާހިމްގެ ވާހަކައެއް ނޫނެވެ. މިކަމުގައި ރާއްޖޭގެ އެތައް ބަޔަކު އުޅެމުން އެބަދެ އެވެ. ލަދާހުރެ މިފަދަ ވާހަކަތައް ދައްކަން ނުކެރުމުގެ ސަބަބު އެކަމުގެ މައުލޫމާތު އާންމު ނުވަނީ އެވެ.
ބައެއް މީހުން އޭގެ ފަރުވާ، ނިޒާމުގެ ތެރެއިން ލިބޭތޯ މަސައްކަތް ކުރެ އެވެ. އެކަމަކު، ރާއްޖޭގެ މާހައުލު އަދި އޮތް ގޮތުން އެކަމަށް އޮތް ހުރަސްތައް ވަރަށް ގިނަ އެވެ. ޖިންސީ ބަލިކަށި ކަމަށް ފަރުވާ ބޭނުން ވިޔަސް އެ ފަރުވާ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.
"އޭޑީކޭ އަށް ވެސް އައިޖީއެމްއެޗަށް ވެސް ދިޔައިން. އެތާ ކައުންޓަރުގައި ތިބޭ ކުދިން ކައިރީ އެކަމަށް ދައްކާނީ ކޮން ކަހަލަ ޑޮކްޓަރަކަށްތޯ އެހީމަ ވަރަށް ރުޅި އައިސް ވަރަށް ރުންކުރުކޮށް ވާހަކަ ދެއްކީ. އޭގެ ފަހުން ނުކެރޭ މީހެއް ކައިރީ އަހާލަކަށް ވެސް ކުރާނީ ކޮން ފަރުވާއެއްތޯ ވެސް. ރާއްޖެއިން އެއަށް ފަރުވާއެއް ހުރޭތޯ ވެސް. އެހެން ހުއްޓާ މިބުނާ ރަހުމަތްތެރިޔާއާ ދިމާވީ،" އިބްރާހިމް ބުންޏެވެ.
ޖިންސީ މިކަހަލަ މައްސަލަތަކަށް ރާއްޖޭގައި ހާއްސަ ފަރުވާއެއް ނުދެ އެވެ. މިކަމުގެ ހައްލު އެކި މީހުން ހޯދަނީ އެކި ގޮތަށެވެ. ބައެއް މީހުން ބޭސް ކައެވެ. ރައްޓެއްސަކު ބުނެލީމަ، އޭނާ ބުނާ ގޮތަށް ހަދަ އެވެ. ބޭރުން އެތެރެކުރާ ފޭކް ޓިޝޫ އާއި އެކި ކަހަލަ ބޭސްތައް ވެސް ބޭނުން ކުރެ އެވެ. އަނެއް ބަޔަކު މަސްތުވެ އެވެ.
އުމުރުން ދުވަސްވީ މީހުން މަސްތުވާތަކެތީގެ ތެރޭގައި އުޅޭކަން ފުލުހުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ތެރޭގައި ވެސް 40 އަހަރުން މަތީގެ މީހުން ގިނަ އެވެ.
އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާ އަލަށް ގުޅޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކުރީއްސުރެ މަސްތުވާތަކެތީގެ ތެރޭގަ އުޅެފައި ތިބި މީހުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޖަލުގައި އުޅެފައި އަންނަ މީހުންނާ އެކި ފަހަރުމަތިން ފަރުވާ އަށް ގޮސް ފަރުވާ ނަގައިފައި ނުވަތަ އެއްބައި ފުރިހަމަ ކޮށްފައި ތިބޭ މީހުން ހިމެނޭ ކަން ވެސް އަދީބުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
ހިޔާ ފްލެޓެއްގެ ޓެރަސް ސިޑިމަތީގައި މަސްތުވެގެން ހުރި މީހަކު އިށީދެލައިގެން--. ފޮޓޯ: ނިޝާން އަލީ
ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 35 އަހަރާއި 50 އަހަރާ ދެމެދު މަސްތުވާތަކެތި ބޭނުން ކުރަން ފަށާފައިވާ މީހުންނެވެ.
"މިހާރު ދިމާވާ ބައެއް ފިރިހެނުން އެބަތިބި މަސްތުވާތަކެތި ބޭނުން ކުރަން ފަށައިފަ ނުބައި މައުލޫމާތުން ވެސް. އެއީ މިސާލަކަށް ހަކުރު ކަހަލަ އެއްޗެހި ބޭނުން ކުރީމަ ޖިންސީ ގުޅުމުގައި ގިނަ އިރު ކުރެވޭތީއޭ ކިޔައިފައި. މިއީ ހަމަ އަޅުގަނޑުމެން ކައިރީ ބައެއް މީހުން ދައްކައިފަ ހުންނަ ވާހަކަ،" އަދީބު ވިދާޅުވި އެވެ.
އޭގެ ވަރަށް ގިނަ ކޭސްތައް އެބަހުއްޓެވެ. ޖިންސީ ބާރު ގަދަ ކުރުމުގެ ގޮތުން ޑްރަގަށް ވަންނަ މީހުންގެ އަދަދު އިތުރު ވަމުންދާ އިރު، އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ އޭގެ ތެރެއިން ނުނުކުމެވިފައި ތިބި މީހުން ވެސް އެބަތިއްބެވެ.
އެކަމަކު އެއީ ހައްލެއް ނޫނެވެ؛ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މަސްތުވާތަކެއްޗަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ. އޭގެ ސަބަބުން، ޖިންސީ މައްސަލަ އަށް ވަގުތީ ހައްލެއް އަޔަސް، ޖިންސީ ދާއިމީ ބަލިމަޑު ކަމަކަށް އޭނާ ހުށަހެޅޭލެއް ގިނަ އެވެ.
ޖިންސީ ބަލިކަށިކަމުގެ މައްސަލަތައް އޮތްވަރު އެނގޭ އަނެއް ދިމާއަކީ ބޭސްފިހާރަތަކާއި ސޯޝަލް މީޑިއާ އެވެ.
"ދުވާލެއްގެ މައްޗަށް 20-40 އަށްވުރެ ގިނަ މީހުން އެބަ ދޭ އެންމެ ބޭސް ފިހާރައަކަށް. އަލަށް ހުޅުވާ ބައެއް ފިހާރަތައް އެބަހުރި ޑެއިލީ ސޭލްސް މައްޗަށްދާ، ހަމަ އެކަނި ސެކްސް ޓެބްލެޓްސް ވިކޭތީ. އެއް އޯޑަރުން އަނެއް އޯޑަރަށް ގަވައިދުން ގެންނަން ޖެހޭ ބޭސް އެއީ،" މާލޭގައި ހިންގާ ފަމަސީއެއްގައި މަސައްކަތް ކުރާ އާޒިފާ މަހުމޫދު ބުންޏެވެ.
ޖިންސީ ބާރު ގެއްލުމަށް ފަރުވާއެއް ގޮތުގައި ބޭނުންކުރެވޭ ބޭހެއް ކަމަށްވާ "ވަޔަގްރާ" އަކީ ކުރިން އުމުރުން ދުވަސްވީ ފިރިހެނުންނަށް މާކެޓުކުރި ބޭހެކެވެ. އެކަމަކު "ވަޔަގްރާ"ގެ މާކެޓަރުންގެ އަމާޒު މިހާރު ވަނީ ޒުވާން ފިރިހެނުންނަށް އަމާޒުކޮށްފަ އެވެ.
އާޒިފާ ބުނީ މީގެ ކުރިން އެކަމަށް ބޭނުން ކުރާ ބޭސްތައް ގަންނަންދާ ކަމަށް އެންމެ ފާހަގަ ކުރެވުނީ އުމުރުން 40-60 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. ނަމަވެސް މިހާރު 60 އިން މަތީގެ މީހުން ވެސް ދާ ކަމަށާއި ގިނައިން ދަނީ ޒުވާން އުމުރުގެ ކުދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުރިން ގިނައިން ބޭސް ގަންނަން ދާނީ އުމުރުން ދުވަސްވީ ފިރިހެނުން. އެކަމަކު މިހާރު އެބަ އާދޭ ފިރިހެނުން ވެސް އަންހެނުން ވެސް. ދެން އެންމެ ފާހަގަ ވަނީ މިހާރު އުމުރުން އެހާ ދުވަސްވީ މީހުންނަށްވުރެ ޒުވާނުން އަންނަ ކަން. ހަމަ އަންހެން ވެސް ފިރިހެން ވެސް ޒުވާނުން އެބަ އާދޭ އެ ގަންނަން. ބިދޭސީން ވެސް މި ފަހުން އިތުރުކަން ފާހަގަވޭ،" އޭނާ ބުންޏެވެ.
ވަޔަގްރާ އަކީ ރާއްޖެ އެތެރެކުރުން މަނާ ބޭހެއް ނަމަވެސް އެއީ "ވަގަށް" އެތެރެކޮށްގެން އެންމެ ގިނައިން ވިއްްކާ އެއް ބޭސް ކަމަށް ފާމަސިސްޓުން އެއްބަސްވެ އެވެ.
ރާއްޖޭގައި އާންމުކޮށް މިކަމަށް ބޭނުންކުރާ އެއް ބޭހަކީ ވަޔަގްރާ އެވެ. އެކަމަކު އޭގެ ވެސް ފޭކް ބޭސް ވިއްކާ ކަމަށް ވެ އެވެ.
"ވަޔަގްރާ ވެސް ގެނެސްގެން ވިއްކާ. އޭގެ އަގު އުޅޭނީ ގުޅައެއް 20ރ. އަށް. އިންޑިއާ މީހުން ރާއްޖެ އަންނަ އިރު ހޭންޑަށް ނަގައިގެން ގެންނަ އެއްޗެހި ކަމަށް އެތާ ތިބޭ މީހުން ބުނޭ. އެ ނުހުރޭ ސިސްޓަމްތަކުގައި ފެންނާކަށް. ޑިސްޕްލޭގައި ވެސް ނުހުރޭ. އެކަމަކު ގަންނަން އައީމަ ނަގައިފަ ވިއްކާ ހަދާ ފާމަސީތައް އެބަހުރި. ބައެއް ފަހަރަށް ފެނޭ ފޮރުވަން ޑަސްބިނަށް ލައިފަ ހުއްޓާ ވެސް،" ފާމަސިސްޓެއް ކިޔައިދިނެވެ.
"މިތަނުން ވިއްކާނީ ޑޮކްޓާ ޕްރިސްކްރައިބް، މިއީ އޮތޮރައިޒް ބޭސް ވިއްކާ ތަނެއް. މިތާނގައި ވެސް ގެންގުޅޭ ޖިންސީ ބަލިކަށި ކަމަށް ހާއްސަކޮށް ދޭ ހަތް ވައްތަރެއްގެ ބޭސް. އެ ބޭސްތަކުގެ އަގު އުޅެނީ 1ރ. އިން ފެށިގެން 25ރ. އާ ދޭތެރޭ."
ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަން އަށް ބޭނުންކުރާ ޑޮކްޓަރީ މާމުއިގެ ބާވަތެއް ރާއްޖޭގައި ހުއްދަ ނެތި ވިއްކަމުންދާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ވިއްކުން ވެސް މަނާކޮށްފަ އެވެ. ނަމަވެސް އެ ވިޔަފާރި ކުރާ މީހުންގެ އަދަދަކަށް ބަދަލެއް ނާދެ އެވެ.
Alert ? pic.twitter.com/Lt1pjhaldB
— Ministry of Health (@MoHmv) September 12, 2022
ރާއްޖޭގައި އަނެއްކޮޅުން އިންތިހާ އަށް ވަރި ގިނަ ވަމުން ދަނީ އެވެ. އިޖުތިމާއީ ބޮޑު މުސީބާތަކަށް ވަމުން އަންނަ މި މައްސަލައިގައި އެތައް ބަޔަކު ވަނީ ގޮތް ހުސްވެފަ އެވެ.
ޖިންސީ ބަލިކަމަށް ރާއްޖޭގައި ހާއްސަ ފަރުވާތަކެއް ނެތް އިރު، އަދި އެކަމާ ގުޅޭ ސީދާ ޑޮކްޓަރުން ނެތި އަމިއްލަ އަމިއްލަ އަށް ބޭސް ކައި އެކިއެކި އަޖުމަ ބެލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ހާއްސަކޮށް ކުޑަ ހިނދުކޮޅަކަށް ޓަކައި، މުޅި އުމުރު އޭގެ ދަލުގައި ޖެހި ހައްޔަރުވާ ވަރުގެ ކަންކަން ކުރުމަކީ މުޅި ހަޔާތް ބަރުބާދުވުން ނޫން ކަމަކަށް ނުވާނެ އެވެ.
2022: ރަހުމެއް ނެތް އަމަލާއި ޑީލަރުންގެ އުދުހުން!
ކަނޑުހުޅުދޫ، މަސްތުވާތަކެތީގެ ހަބަކަށްވެ ކަންބޮޑުވުން
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
ޑްރަގް ވިއްކައި މަނީލޯންޑަކުރާ ބޮޑު ނެޓްވޯކެއް ހައްޔަރު
އެއް ބިލިއަންގެ ޑްރަގްގެ މައްސަލާގައި އެންމެން ބަންދަށް
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ވޭޕް ޝިޕްމެންޓުން ކުރިން ވެސް ޑްރަގު ފެނުނު: އިހުސާން
ޑްރަގް ކެފޭގެ 40 އަށް ވުރެ ގިނަ ތަން ބަންދުކޮށްފި