09 އޮކްޓޯބަރ 2022
ދޮންދަރިންނަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އަންހެނެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
ދޮންދަރިންނަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އަންހެނެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
އުތުރުގެ ރަށެއްގައި ދޮންދަރިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގައި އަންހެނެއްގެ މައްޗަށް ދައުލަތުން އުފުލީ ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ ދައުވާގައިވާ ގޮތުން އެ އަންހެން މީހާ ވަނީ 2019 ވަނަ އަހަރުގެ އެކި ދުވަސް މަތިން އޭނާގެ ދެ ދޮންދަރިންނަށް އަންނައުނު އަޅުވަން ގެންގުޅޭ ކޮނޑުުންނާއި ފައިވާނުން ޖަހައި އަނިޔާކޮށްފަ އެވެ.
އެ އަންހެން މީހާ އަނިޔާކުރި ކަމަށް ދައުލަތުން ބުނަނީ އޭނާގެ އުމުރުން 11 އަހަރާއި އުމުރުން ނުވަ އަހަރުގެ ފިރިހެން ދޮންދަރިންނަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ، މީހަކު ކުށެއް ކޮށްފި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ޝަރީއަތުގައި ހެކިންގެ ހެކިބަސް ލިބިފައި ނުވާތީ އެވެ.
ދައުލަތުން އެ އަންހެން މީހާގެ މައްޗަށް ކުރި ދައުވާ އަކީ ސާބިތުވެއްޖެ ނަމަ އަަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާ އެކެވެ.
އެއީ ކުޑަކުދިންތަކެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ކްރިމިނަލް ކޯޓުން މައްސަލައިގެ ހުކުމް އާންމެއް ނުކުރެ އެވެ.
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
އިބްތިހާލްގެ މައްސަލަ ގާޒީ ހައިލަމަކަށް ނުބެލޭނެ: ޕީޖީ
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި
އައްމަޓީ ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ