Roadha Mihaaru
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހަ މީހަކު ބަންދަށް

ފުލުހުންނަށް ހަމަލާދިން މައްސަލަ: އިތުރު ހަ މީހަކު ބަންދަށް

16 ސެޕްޓެމްބަރ 2022

ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ކުރިން ބަޔަކު ހައްޔަރުކުރި އެވެ. އަދި ރޭ އިތުރު ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަދި އިތުރު މީހަކު 30 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ރޭ ހައްޔަރުކުރި މީހުންނާ އެކު، ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު 10 އަށް ވަނީ އަރައިފަ އެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލަ ސީރިއަސް ގޮތެއްގައި ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.