Roadha Mihaaru
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ގެންނަނީ

އައްޑޫ އެކްސިޑެންޓް: އަނިޔާވި މީހާ އޮތީ އައިސީޔޫގައި، މާލެ ގެންނަނީ

07 ސެޕްޓެމްބަރ 2022

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި މިއަދު ލޮރީއަކުން ޖެހި ހާލު ސީރިއަސްވި މީހާ މިހާރު އޮތީ އައިސީޔޫގައި ކަމަށާއި އޭނާ މާލެ ގެންނަން ނިންމާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި މިއަދު ލޮރީއަކުން ޖެހި ހާލު ސީރިއަސްވި މީހާ މިހާރު އޮތީ އައިސީޔޫގައި ކަމަށާއި އޭނާ މާލެ ގެންނަން ނިންމާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "މިހާރު"އަށް ވިދާޅުވީ އެ މީހާއަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ ގޮތުން، އޭނާގެ ބޮލަށް ގެއްލުންވެފައިވާ ކަމަށާއި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އޭނާގެ ފުއްޕާމެއަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި އިތުރު ތަންތަން ފްރެކްޗާ ވެފައިވާ ކަމަށް ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވީ ކިހިނެއްކަމެއް އަދި އެނގިފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.