01 ސެޕްޓެމްބަރ 2022
މީގެ 18 އަހަރު ކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރިއިރު، މީހުން ކިރި ކުށްތަކާއި އެ ނޫން ކަންކަމަށް ހައްލެއް ނުލިބި އެއް ދުވަހުން އަނެއް ދުވަހަށް ކަންކަން ގޯސްވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ 18 އަހަރު ކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރިއިރު، މީހުން ކިރި ކުށްތަކާއި އެ ނޫން ކަންކަމަށް ހައްލެއް ނުލިބި އެއް ދުވަހުން އަނެއް ދުވަހަށް ކަންކަން ގޯސްވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތް، މަދަނީ ހިދުމަތަކަށް ބަދަލުވިތާ 18 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ ހިދުމަތަށް އަންނަ ބަދަލުތަކާއެކު ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވުމަކީ އުއްމީދެއް ކަމަށެވެ.
މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވައި ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތް ކުރިއަށް ވުރެ ފުޅާކުރުމާއި ކުށުގެ ވެށި ދައްކުވައިދޭ މަންޒަރުތަކަށް ފުރިހަމައަށް ހަރަކަތާތްތެރިވެވޭނެ މީހުންނާއި ވަސީލަތްތައް ހުރި މުއައްސަސާއަށް ބަދަލުވުމަކީ އުއްމީދެއް ކަމަށް، އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވި އެވެ.
އެ ހިދުމަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވެ، އާއްމުންގެ ހައްގުތަކާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމްތަކާއެކު ކުށްކުރުން ހުއްޓުވައި އަދި ކުށަށް އަރައިގަތުން ނުދިނުމާއި ކުށްކުރާ ފަރާތްތަކުގެ މައްސަލަތައް ދައުވާ ކުރެވޭނެ މިންވަރަށް ތަހުގީގާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަވެގެންދިއުމަކީ ވެސް އަމާޒެއް ކަމަށް ސީޕީ ވިދާޅުވި އެވެ.
ނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، މީގެ 18 އަހަރުކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރިއިރު ހުރި ކުށްތަކާއި އެ ނޫން ކަންކަން ވެސް އިތުރު ހައްލެއް ނުލިބި އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތު ބާއްވައިފިhttps://t.co/9zg8Nflbcm pic.twitter.com/xdYE7qCOns
— Maldives Police (@PoliceMv) September 1, 2022
"މަސްތުވާތަކެތީގެ ވަބާއާ، ގޭންގު ގްރޫޕުތަކުން ހިންގާ އަނިޔާވެރި ކުށްތަކާއި އެ ނޫންވެސް ކަންކަމުގައި މީގެ 18 އަހަރު ކުރިއާ މިއަދު ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި. ފުލުހުންގެ ހިދުމަތަށް މި އައި ބޮޑު ބަދަލާއެކު ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތާ މެދު އާއްމުން ދެކެމުން އައި ގޮތް ވެސް މި ވަނީ ބަދަލުވެފައި. އަދި ފުލުހުންނާ މެދު ކުރެވޭ އިތުބާރު އިތުރުކުރުމަށް ގިނަ އާ ކަންތައްތަކެއް މި ވަނީ ކަނޑައެޅިފައި،" ހަމީދު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުންނާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި އެ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނާ ކައިރިން ހިދުމަތް ދިނުމަށް ފުލުހުންގެ އާ ގާނޫނުގައި ގިނަ ކަންތައްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ހިދުމަތުން މިސްރާބު ހިފާފައި ހުރީ އެ ނަތީޖާ ހާސިލްކުރުމަށް ކަމަށާއި ބޭނުމަކީ، ހަމީދު ވިދާޅުވި ގޮތުގައި، ފަންނީގޮތުންނާއި އުމްރާނީގޮތުން ފުލުހުންގެ ހިދުމަތް ކުރިއަރައިގެން ދާއިރު ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުންގެ ހިދުމަތުގެ މަންފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ލިބިދިނުމެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރަން ރާވާފައިވާ މަޝްރޫއަކީ އެކަމުގެ ފައިދާ ގިނަ ރައްޔިތުންނަށް ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާގޮތުން މާލެއާ ރަށްރަށުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް މިހާރު ވަނީ ތަމްރީންދީފަ އެވެ.
އެކަން ފުރިހަމައަށް ބައްޓަންވެ، ހިނގަން ފެށުމުން ފުލުހުންގެ މަސައްކަތް ވަރަށް ބޮޑަށް ތަހުޒީބުކުރެވި ނަތީޖާ ހާސިލްކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މި ވެށީގައި ޒަމާންތަކެއް ވަންދެން ފުނިޖެހިފައި އަދި ދައުލަތުގެ ހުރިހާ ނިޒާމެއްގެ ތެރެއިން ވެސް ރަނގަޅު ހައްލު ނުހޯދި ހުރި ކަންކަމާ މެދު ފުލުހުން ފިޔަވަޅު އަޅާ ގޮތާމެދު ރައްޔިތުން ކަންބޮޑުވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެއީ ސީދާ ފުލުހުންނާ ގުޅިފައިވާ މައްސަލަތަކަށް ނުވިޔަސް މަސައްކަތްކުރާނީ މުޅި ދައުލަތުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދަން އިސް ދައުރެއް އަދާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު މިއަދު ވެސް އަރުވަން ބޭނުންވާ ޔަގީންކަމަކީ ފުލުހުންގެ ހިދުމަތަށް ތިޔަ ރައްޔިތުންގެ ކިބައިން އިތުބާރާއި ޔަގީންކަން ހޯދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތް ވަރުބަލިވުމެއް، މަޑުޖެހުމެއް ނެތި ރާވައި، ތަރުތީބުގެ ތެރެއިން ކުރަމުންގެންދާނެކަން. -- އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް އަމާންވެއްޓެއް ގާއިމްކޮށްދިނުމުގައި ކުރާ މަސައްކަތުގެ އެންމެ މުހިއްމު ދަންމަރަކީ ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތައް ކަމަށާއި އެކި ދާއިރާތަކުން ދެމުން އަންނަ ތަމްރީންގެ ސަބަބުން ގާބިލް ހުނަރުވެރިން ތިބި ކަން ސާބިތުކޮށްދެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު، ފުލުހުންގެ ހިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ހިދުމަތަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުން ހާސިލްވާ ކުރިއެރުންތަކާއި ނަތީޖާތަކަކީ ފަހުގެ ތާރީހެއްގައި ރަން އަކުރުން ފަވާލެވޭނެ ކާމިޔާބީތަކެއް ސީޕީ ފާހަގަކުރެއްްވި އެވެ.
"އަޅުގަނޑު މިއަދު ވެސް އަރުވަން ބޭނުންވާ ޔަގީންކަމަކީ ފުލުހުންގެ ހިދުމަތަށް ތިޔަ ރައްޔިތުންގެ ކިބައިން އިތުބާރާއި ޔަގީންކަން ހޯދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތް ވަރުބަލިވުމެއް، މަޑުޖެހުމެއް ނެތި ރާވައި، ތަރުތީބުގެ ތެރެއިން ކުރަމުންގެންދާނެކަން،" އޭނާ ވިދާޅުވި އެވެ.
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟
މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ސްކޭމްތައް ދުވާލަކު ތިން މައްސަލައިގެ ރޭޓުގައި!
ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މީހަކު ހޯދަނީ
ޕޮލިހަށް ވަދެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ޖީލެއް ހަލާކުކޮށް ޑީލަރުން އުދުހޭ ނުރައްކާ މަންޒަރު!
ބޮޑު އޮޕަރޭޝަނެއްގައި އިތުރު 215 ކިލޯ ޑްރަގްސް