01 ސެޕްޓެމްބަރ 2022
ޓެކްސީ ދުއްވުމުގެ އާ ގަވައިދުގައި އެންމެ މުހިއްމު އެއް ކަމަކީ ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ޖެހުމެވެ. ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ ކަމަށް އާ ގަވައިދުގައި ވެ އެވެ. މީގެ ހަ މަސް ފަހުން އަމަލުކުރަންޖެހޭ އެ ގަވައިދުގައި ހިމެނޭ އެ ބަޔާ މެދު ގިނަ ޑްރައިވަރުންގެ މައްސަލައެއް ނެތެވެ. އެއީ ރާއްޖެ އަށް އާ ކަމަކަށް ވިޔަސް އެ މީހުން ދެކޭގޮތުގައި އެއީ މިހާރު ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ.
ޓެކްސީ ދުއްވުމުގެ އާ ގަވައިދުގައި އެންމެ މުހިއްމު އެއް ކަމަކީ ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ޖެހުމެވެ. ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ ކަމަށް އާ ގަވައިދުގައި ވެ އެވެ. މީގެ ހަ މަސް ފަހުން އަމަލުކުރަންޖެހޭ އެ ގަވައިދުގައި ހިމެނޭ އެ ބަޔާ މެދު ގިނަ ޑްރައިވަރުންގެ މައްސަލައެއް ނެތެވެ. އެއީ ރާއްޖެ އަށް އާ ކަމަކަށް ވިޔަސް އެ މީހުން ދެކޭގޮތުގައި އެއީ މިހާރު ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ.
ޓެކްސީ ޑްރައިވަރުންނަށް ވެސް ތަފާތު ކުށްތަކުގެ ތުހުމަތު ކުރެވޭއިރު އާއި ރާއްޖޭގެ ކުށުގެ މާހައުލު މިހާރު އޮތް ގޮތުން އެއީ ދެކޮޅަށް ވެސް ފައިދާ ހުރި ކަމެކެވެ. ޓެކްސީތަކަށް އަރާ މީހުންގެ ފަރާތުން ބައެއް ހާލަތުތަކުގައި ޑްރައިވަރުންނަށް މަރާއި ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާން ޖެހިފައި ވަނީ މަދެއް ކޮށެއް ނޫނެވެ. އެ ހުރިހާ ސަބަބަކަށްޓަކައި ސަރުކާރުގެ ނިންމުމަށް ޑްރައިވަރުން މަރުހަބާ ކިޔަ އެވެ.
ޓެކްސީ ޑްރައިވަރު އިބްރާހިމް ނިޒާމު ބުނީ، ޓެކްސީގައި ކެމެރާ ހަރުކޮށްފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކޮށްފައި ބެހެއްޓުމުން ފަސިންޖަރާއި ޑްރައިވަރުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"މިހާރު ވެސް ވަރަށް ގިނަ ކާރުތަކުގައި ކެމެރާ ހުންނާނެ. މި ގޮތަށް މިކަން ލާޒިމު ކުރުމުން މައްސަލައެއް ދިމާވާ ދަނޑިވަޅުގައި ފުލުހުންނަށް ވެސް އޭގެ ރެކޯޑިން ބަލައި ފިޔަވަޅު އެޅޭނެ،" ނިޒާމު ބުންޏެވެ.
މާލޭގައި ދުއްވާ ޓެކްސީއެއް. ޓެކްސީތަކުގެ އެތެރެ ރެކޯޑު ކުރެވޭ ގޮތަށް ހުރުމަކީ ރަނގަޅު ކަމެއް ކަމަށް ގިނަ ޑްރައިވަރުން ދެކޭ--ފޮޓޯ:މިހާރު
އޭނާ ބުނިގޮތުގައި، އެއީ ޓެކްސީތަކުގެ އިތުރުން ޕްރައިވެޓް ހަޔާގެ ކާރުތަކުގައި ވެސް ހުންނަން ޖެހޭނެ އެއްޗެކެވެ. ޕްރައިވެޓް ހަޔާ ކާރުތަކަކީ ވެސް ފަސިންޖަރުން އުފުލާ އުޅަނދުތައް ކަމަށްވާ އިރު އެފަދަ އުޅަނދުތައް ބެލުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ޑްރައިވަރުން ދެކެ އެވެ.
"ކެމެރާ ހަރުކުރުން ރަނގަޅު. އެކަމަކު އެކަން އެބަޖެހޭ ޕްރައިވެޓް ހަޔާ ކާރުތަކުގައި ވެސް ހުންނަން. ގަވައިދެއް ހެދިދާނެ. އެކަމަކު މި ގަވައިދަށް އަމަލު ކުރޭތޯ ޓްރާންސްޕޯޓަށް ނުބެލޭ،" ނިޒާމު ބުންޏެވެ.
މިއީ ރާއްޖެ އަށް އާ ކަމަކަށް ވިޔަސް ގިނަ ގައުމުތަކުގައި ޓެކްސީތަކުގެ އެތެރެ ރެކޯޑް ކުރެވޭ ގޮތަށް ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ، ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކުރީ، ޓެކްސީގެ ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޓެކްސީގައި މީހުންނަށް ފުރައްސާރަކޮށް އަދި ބޮޑެތި ކުށެއް ކުރި ނަމަވެސް ކެމެރާގެ ޒަރީއާ އިން އެފަދަ މައްސަލަަތައް ވެސް ފަސޭހައިން ބެލޭނެ ކަމަށެވެ.
"ދުނިޔޭގެ ގައުމުތަކުގައި ވެސް ޓެކްސީތަކުގައި ކެމެރާ ހުންނާނެ. އެކަމުން ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ،" ޝިމާޒު ވިދާޅުވި އެވެ.
ޓެކްސީއަކަށް ލަގޭޖު އަރުވަނީ. ޓެކްސީ އާ ގަވައިދުގައި ކެމެރާ ހަރުކުރަން ޑްރައިވަރުންނަށް ހަ މަހުގެ މުއްދަތެއް ދީފައިވޭ--ފޮޓޯ:މިހާރު
ޓެކްސީ ޑްރައިވަރު އަހުމަދު ހަބީބު ބުނީ، ކެމެރާ ހަރުކުރުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ސަބަބަކީ ދިމާވާ ބައެއް ހާދިސާތަކުގައި އެކަން ހިނގައި ދިޔަ ގޮތް އެނގުމަކީ މުހިއްމު ކަމަކަށް ވާނެތީ އެވެ.
"ޓެކްސީގެ އެތެރެ އާއި ބޭރުގައި ވެސް ކެމެރާ ހުރުން މުހިއްމު. އެކަން އެ ގޮތަށް ކޮށްގެން ޓެކްސީ ހިދުމަތްތަށް ހުރަސް އެޅޭނެ ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.
ހަބީބު ބުނިގޮތުގައި، ޓެކްސީތަކުގައި ބައެއް ފަހަރު ފަސިންޖަރުން އަމިއްލަ ސިއްރު ވާހަކަތައް ވެސް ދައްކަ އެވެ. އެހެންވެ، ކޮންމެވެސް ވަރަކަށް ޕްރައިވެސީ އަށް އަސަރު ކުރާނެ ކަމަށް އޭނާ ދެކެ އެވެ. އެކަމަކު، އެއީ ކެމެރާ ހަރު ނުކުރަންވީ ސަބަބެއް ނޫން ކަމަށް ބުންޏެވެ.
"ޓެކްސީތަކަށް މި އަރަނީ ރައްކާތެރިކަމާއެކު އެއްތަނުން އަނެއް ތަނަށް ދިއުމަށް. އެކަން ހާސިލުވަނިކޮށް އެ ނިމުނީ،" އޭނާ ބުންޏެވެ.
ޑްރައިވަރު ނާޒިމް ބުނީ، މަދުން ނަމަވެސް ޑްރައިވަރުން ބަނދުނާމުވާ، ދޮގު ތުހުމަތުތައް ވެސް ކުރާއިރު، އެކަން ކަމުގެ ހަގީގަތް ކެމެރާ ހަރު ކުރުމުން އޮޅުން ފިލާނެ ކަމަށެވެ. އަދި ޑްރައިވަރުންނާއި ފަސިންޖަރުންނާ ދެމެދު ޒުވާބެއް ހިނގާ ހާލަތުގައި ވެސް އަސްލު ކަން ހިނގައި ދިޔަ ގޮތް ކެމެރާ އިން އެނގޭނެ ކަމަށް ބުންޏެވެ. އެހެންވެ، ޓެކްސީތަކުގައި ކެމެރާ ހަރުކޮށްގެން މޮނިޓަ ކުރަން ނާޒިމް އެއްކޮޅެވެ.
މިހާރު ވެސް އާ މޮޑެލްތަކުގެ ކާރުގައި ޓެކްސީ ކުރަމުން އަންނަ މީހުންގެ ކާރުގައި ކެމެރާ ހުރެ އެވެ. ނަމަވެސް އެ ކެމެރާތަކުގައި ގިނައިން ހުންނަނީ ބޭރުގެ މަންޒަރުތައް ރެކޯޑު ކުރެވޭ ގޮތަށް އެކަންޏެވެ.
ގިނަ ޓެކްސީ ޑްރައިވަރުން މިހާރު މަސައްކަތް ކުރަނީ އެތެރެ އާއި ބޭރު ރެކޯޑު ކުރެވޭނެ ފަދަ ކެމެރާއެއް ހަރު ކުރުމަށެވެ. ރަނގަޅު ކޮލިޓީގެ ކެމެރާއެއް 100 ޑޮލަރުން ގެނެވޭނެ އެވެ. އެހެންވެ، މިއީ ހަ މަސް ތެރޭގައި ކުރަން އުނދަގޫ ކަމެއް ނޫން ކަމަށް ޓެކްސީ ޑްރައިވަރުން ބުންޏެވެ. ޑްރައިވަރުންނާއި ފަސިންޖަރުންނާއި މުޖުތަމައުގެ ރައްކާތެރިކަމަށް އަދި ކުށް މަދު ކުރުމަށް ވެސް އެއީ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް ގިނަ ޑްރައިވަރުން ދެކެ އެވެ. އެ މީހުން ތިބީ އެ ކަން ކުރަން ނިންމުމުން ހިތްހަމަޖެހިގެންނެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
އާ އުސޫލާ މެދު ނުރުހުންވެ ޓެކްސީ ޑްރައިވަރުން ކޯޓަށް!
ޓެކްސީގެ އާ އުސޫލު ރަނގަޅު، ދަމަހައްޓާނަން: ސަރުކާރު
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް މުޒާހަރާ އަށް
ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަން ހަދަން ބަޔަކު ހޯދަނީ
ޓެކްސީ ދުއްވުމުގެ ނިޒާމް ހަމައަކަށް އެޅުވުން