22 އޯގަސްޓް 2022
ހޮލީވުޑްގައި މިވަގުތުގެ އެންމެ ވަރުގަދަ އެއް ޖޯޑު ކަމަށްވާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކް އަނެއްކާ ވެސް ކައިވެނިކޮށް ބޮޑު ގޮތަކަށް ކައިވެނީގެ ހަފުލާ ބާއްވައިފި އެވެ.
ހޮލީވުޑްގައި މިވަގުތުގެ އެންމެ ވަރުގަދަ އެއް ޖޯޑު ކަމަށްވާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކް އަނެއްކާ ވެސް ކައިވެނިކޮށް ބޮޑު ގޮތަކަށް ކައިވެނީގެ ހަފުލާ ބާއްވައިފި އެވެ.
ދެވަނަ ފަހަރަށް އެންގޭޖު ވުމަށް ފަހު ދެ މީހުން އެންމެފަހުން ކައިވެނި ކޮށްފައި މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އަހަރެއް ވަންދެން އެކީގައި އުޅުމަށްފަހު މިދިޔަ އަހަރު ކައިވެނިކޮށް ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ވަރަށް ކުޑަކޮށެވެ.
ބެން އެފްލެކް އާއި ޖޭލޯގެ ކައިވެނި ޕާޓީގެ ތެރެއިން --- ފޮޓޯ : ޓީއެމްޒީ
ނަމަވެސް ދެވަނަ ފަހަރަށް ދެމީހުން ކައިވެނިކޮށް ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ވަރަށް ކުލަގަދަ ކޮށް ގިނަ ބަޔަކާއެކުގަ އެވެ.
ޖޯޖިއާގައި ދެމީހުން ގަނެފައިވާ ގޭގައި ބޭއްވި ކައިވެނީގެ ހަފުލާގައި އާއިލާ އާއި އެކުވެރިންގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ވެސް ބައިވެރި ވެފައި ވެ އެވެ. ބައެއް މީޑިއާތަކުން ލަފާކުރާ ގޮތުގައި ދެމީހުންގެ ކައިވެނީގެ ހަފުލާއަށް 10 މިލިއަން ޑޮލަރު ވާނީ ހަރަދުކޮށްފަ އެވެ.
ޖޭލޯ އާއި އެފްލެކް އަށް ކައިވެނިކުރެވުނީ ދެ ފަހަރަކު އެންގޭޖުވުމަށް ފަހުގަ އެވެ. ދެ މީހުން ފުރަތަމަ އެންގޭޖުވެފައި ވަނީ 2002 ވަނަ އަހަރު އެވެ. ނަމަވެސް، އެ ދެ މީހުން ކައިވެނި ކުރުމުގެ ކުރިން، 2004 ވަނަ އަހަރު ވަކިވި އެވެ.
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
އަނެއްކާވެސް ބެން އެފްލެކަށް ހާއްސަ ޖޭލޯގެ އަލްބަމެއް
އެންމެފަހުން ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފި
ޖޭލޯގެ އަނގޮޓީގެ އަގަކީ ފަސް މިލިއަން ޑޮލަރު
ޖޭލޯ އާއި އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ
ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!
ޖެނިފާ ލޮޕޭޒް އެންގޭޖްވެއްޖެ
ޖެނިފާ ލޮޕޭޒާ ހިތާވެވުމަކީ ކޫލް ކަމެއް ނޫން: އެފްލެކް