Roadha Mihaaru
ވަރަށް ސިއްރުން ލިންޑްސީ ލޯހަން ކައިވެނިކޮށްފި

ވަރަށް ސިއްރުން ލިންޑްސީ ލޯހަން ކައިވެނިކޮށްފި

05 ޖުލައި 2022

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ލިންޑްސީ ލޯހަން ވަރަށް ސިއްރުން ކައިވެނިކޮށް، އޭގެ ދުވަސްތަކެއް ފަހުން އެ ވާހަކަ ފޭނުންނާ ހިއްސާކޮށްފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ލިންޑްސީ ލޯހަން ވަރަށް ސިއްރުން ކައިވެނިކޮށް، އޭގެ ދުވަސްތަކެއް ފަހުން އެ ވާހަކަ ފޭނުންނާ ހިއްސާކޮށްފި އެވެ.

"މީން ގާލްސް" ފަދަ އައިކޮނިކް ފިލްމުން މަޝްހޫރުކަން ހޯދި ލޯހަން ކައިވެނިކޮށްފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ބޭޑާ ޝަމާސްއާ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި އެ ކައިވެނި ހަފުލާ ބޭއްވީ ކެލިފޯނިއާގެ އެ ދެމީހުން ދިރިއުޅޭ ގޭގަ އެވެ. އަދި އެ ކައިވެނީގައި ބައިވެރިވީ ވެސް ދެ ފަރާތުގެ އާއިލާ އާއި އެކުވެރިން އެކަންޏެވެ.

ލޯހަން ކައިވެނިކުރި ކަން އެނގުނީ މީގެ ދެ ދުވަސް ކުރިން އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓަކުންނެވެ. އެކަމަކު، އެ މީހުން ކައިވެނިކުރި ދުވަހެއް ނުބުނެ އެވެ. އެ ޕޯސްޓްގެ ކެޕްޝަންގައި، ބޭޑާ ޝަމާސްއާ ނިސްބަތްކޮށް ލޯހަން ވާހަކަދެއްކީ އެއީ އޭނާގެ ފިރިމީހާ ކަމަށް ބުނެ އެވެ.

އެ ޕޯސްޓުގައި ލޯހަން ބުނީ އޭނާ ދެކެމުން އައި ބޮޑު ހުވަފެނެއް އެންމެ ފަހުން ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އަދި ދުވަހަކު ވެސް ގަބޫލު ނުކުރެވޭ ވަރަށް އުފާވެފައި ހުރި ކަމަށް ބުންޏެވެ.

އެ ދެ މީހުން ކައިވެނިކުރަން އުޅޭ ކަމަށް ފުރަތަމަ ބުނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގައި ވަނީ އެންގޭޖުވެފަ އެވެ.

ލޯހޭން އާއި ޝަމާސް ބައްދަލުވެފައި ވަނީ 2020 ވަނަ އަހަރު ދުބާއީގައި ބޭއްވި ފެސްޓިވަލެއްގެ ތެރެއިންނެވެ. އެއަށް ފަހު ދެ މީހުން އެކަކު އަނެކަކާ ވާހަކަދައްކަން ފަށައި، މާ ގިނަ ދުވަސްތަކެއް ނުވެ ލޯބީގެ ގޮތުން ގުޅުނެވެ.