04 ޖުލައި 2022
ނިއު ދިއްލީ (ޖުލައި 3) - ޓީމުގެ މެމްބަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އިންޑިއާގެ 17 އަހަރުން ދަށުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލެކްސް އެމްބްރޯސް މަގާމުން ވަކިކޮށްފި އެވެ.
ނިއު ދިއްލީ (ޖުލައި 3) - ޓީމުގެ މެމްބަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އިންޑިއާގެ 17 އަހަރުން ދަށުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލެކްސް އެމްބްރޯސް މަގާމުން ވަކިކޮށްފި އެވެ.
އެ ފިޔަވަޅު އެޅިކަން ހާމަކުރީ އޭނާއާ ގުޅޭގޮތުން ކުރެވުނު ތުހުމަތާ ގުޅިގެން އިންޑިއާގެ ސުޕްރީމް ކޯޓުގެ ކޮމިޓީ އޮފް އެޑްމިނިސްޓްރޭޓާސްގެ މެމްބަރު ޑރ. އެސް.ވައި ގުރައިޝީ އެވެ.
އެމްބްރޯސްއާ ގުޅޭ މައްސަލަ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު، އެ ދުވަހު އާއްމުކުރި ބަޔާނުގައި އަނިޔާގެ ބާވަތާއި ތުހުމަތުކުރެވޭ ފަރާތުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނީ އުމުރުން 17 އަހަރުން ދަށުގެ އަންހެން ޓީމު މިހާރު ނޯވޭގައި ކުރަމުން އަންނަ ތަޖުރިބާ ދަތުރުގަ އެވެ. އެ ދަތުރުގައި ޓީމުގެ މެމްބަރަކާ މެދު ބާއްވަން ނުޖެހޭ ގުޅުމެއް އޮތް ކަމަށް ފާހަގަކުރެވުމުން އަނބުރާ އިންޑިއާ އަށް ދާން އެމްބްރޯސް އަށް މިހާރު ވަނީ އަންގައިފަ އެވެ.
"އިންޑިއާގެ ފެޑެރޭޝަނުން އެފަދަ އަމަލުތަކަށް ދޭނީ ޒީރޯ ޓޮލަރެންސް. އެންމެ ފުރަތަމަ އެކްޝަނަކަށް ކޯޗު ވާނީ ސަސްޕެންޑްކޮށްފައި. އަދި ކޯޗު އިންޑިއާ އަށް އަނބުރާ އަންނަން މިހާރު ވާނީ އަންގާފައި. އިންޑިއާ އަށް އާދެވުނުހާ އަވަހަކަށް ތަހުގީގަށް ކޯޗު ހާޒިރުވާނެ" ފުޓްބޯޅަ ފެޑެރޭޝަނުން އާއްމުކުރި ބަޔާނުގައި ވެ އެވެ.
ކޯޗަށް ކުރެވުނު ތުހުމަތާ ހަވާލާދީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަންޖަލީ ޝާހް ބުނީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް މީގެ ކުރިން ވެސް އެ ގައުމުގައި ހިނގާ ކަމަށެވެ. އަދި އެފަދަ ބައެއް ތުހުމަތުތައް މީގެ ކުރިން ވެސް އެމްބްރޯސްގެ މައްޗަށް ކޮށްފައި ވެ އެވެ.
އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޫހީ ޝާހް ވެސް ވަނީ އިންޑިއާ ފުޓްބޯޅައިގައި ޖިންސީ ފުރައްސާރައިގެ އަމަލުތައް މީގެ ކުރިން ހިންގާފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ. އޭނާގެ ޓްވީޓުގައި ބުނީ، 2014 ވަނަ އަހަރު އަންހެން ފުޓްބޯޅަ ޓީމު އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ތިބިއިރު، ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގި ކަމަށާއި އެކަމަކު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް އެ މައްސަލަ ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށެވެ.
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ގޯނާގެ ތުހުމަތުކުރާ ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
ޒީނަތު އަމަން އަށް ޖިންސީ ގޯނާކޮށްގެން ޕޮލިހަށް
ބެންގަލޫރުގައި އަންހެނުންނަށް ޖިންސީ ގޯނާކުރި ބަޔަކު ހައްޔަރުކޮށްފި
18އަހަރުގެ އަންހެނަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރު
އަލީ ވަހީދަށް މިހާރު އަޅާނެ ފިޔަވަޅެއް ނެތް: އެމްޑީޕީ
ޒަމްޒަމްއަށް ފިޔަވަޅު އަޅާނީ އިތުރު މައުލޫމާތު ލިބުމުން
އަލީ ވަހީދުގެ ދައުވާ ނެގުމުން ގާސިމް ހިތްހަމަޖެހިއްޖެ!
ގުރޫޕް ޖިންސީގޯނާގެ މައްސަލަ: މީހަކު ހައްޔަރެއް ނުކުރޭ