30 ޖޫން 2022
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އިތުރު ބަޔަކު ހިމެނޭ ގޮތަށް ބޭންކުން ނެގި ލޯނަކަށް 6.3 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އިތުރު ބަޔަކު ހިމެނޭ ގޮތަށް ބޭންކުން ނެގި ލޯނަކަށް 6.3 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އަލްހާންގެ ހިއްސާ އޮންނަ ކިންގް ފޮރެކްސް ކުންފުނިން ގާނޫނާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި އަދި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް 6.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ އަލްހާނާއި އޭނާގެ އާއިލާ ބޭފުޅުންތަކެއް 2016 ވަނަ އަހަރު ގެއެއް ރަހުނު ކުރުމަށްފަހު ނަގާފައިވާ 6.4 މިލިއަން ރުފިޔާގެ ލޯނަކަށް ފައިސާ ނުދައްކާތީ ބޭންކުން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ލޯނަށް މިހާތަނަށް 6.3 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށާއި އެހެންވެ، ތިން މަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށެވެ. އަދި ފައިސާ ދައްކައި ނިމެންދެން ރަހުނުގެ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުން އެ ހުކުމްކުރީ އަލްހާނާއި ދެން ތިން ތިބި ބޭފުޅުންގެ ވެސް ޣައިރު ހާޒިރުގަ އެވެ.
ކިންގްސްއަށް އިންވެސްޓްކުރި ފައިސާ އަނބުރާދޭން ހުކުމެއް
ކިންގްސްގެ އެކައުންޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް
އަލްހާން ބީއެމްއެލްގެ ކްރެޑިޓް ކާޑު ދަރަނި ދައްކައިފި
ހެވީލޯޑުގެ ލޯނުގެ ރަހުނު އަގުކުރަން އަމުރެއް ނުދިން
ކްރިޕްޓޯ އެކްސްޗޭންޖްގެ ހިދުމަތެއް ނުދެން: ބީއެމްއެލް
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟
ބިން ވިއްކާ މައްސަލަތަކުގައި އަގު ސިއްރުކުރަނީ
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި