09 ޖޫން 2022
ދަރަނި ރީސްޓްރަކްޗާ ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ސަރުކާރުން ދީފައިވާ ސޮވަރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑު އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ.
މި އަހަރު ފާސްކުރި ބަޖެޓުގައި ޖުމްލަ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓު ކަމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ. އަދި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓު ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އުނދަގޫވާނެ ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީން ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި އެ ހަރަދުތައް ދެކޮޅު ޖެއްސުމަށާއި ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަން ޖެހިފައިވާ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
"...އެކަމަށް ބޭނުންވާ ކަންކަން ތަރުތީބުކޮށް އިންތިޒާމްކޮށް އެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެދި ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" އިލްޔާސް ހުށަހެޅި ގަރާރުގައިވެ އެވެ.
އިލްޔާސް މި ގަރާރު ހުށަހަޅާފައި ވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައި ވަނިކޮށެވެ.
ބަޖެޓުގައި ޑެފިސިޓަށް 9.9 ބިލިއަން ރުފިޔާ ބޭނުންވާ އިރު އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި ބާކީ އޮތް ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
ބޭންކްރަޕްސީ ގާނޫނެއް މުހިއްމު: މެމްބަރުން
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދެއް ނުފެނޭ؟
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
އުޅެނީ އިގުތިސާދު މެނޭޖު ކުރުމުގެ މައްސަލައެއް:އެމްޑީޕީ
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް
"އަދިވެސް ނުދަރާ, ދެން އޮތީ ދުވެލި ބާރު ބަދަލެއް"
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ