17 މެއި 2022
ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވަން އުޅުނު އަޑުއެހުންތައް ލަސްވެފައި ވަނީ ބަޔާން ދޭނެ މީހުން މަދުވެގެން ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބުނެފި އެވެ.
ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވަން އުޅުނު އަޑުއެހުންތައް ލަސްވެފައި ވަނީ ބަޔާން ދޭނެ މީހުން މަދުވެގެން ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މިދިޔަ މާޗު މަހުގެ 19 ގައި ތިނަދޫގަ އެވެ. އެ ރަށުގެ ބައެއް ދުވަސްވީ މީހުންގެ ވަނީ އޭރުގެ ބޮޑުވަޒީރު ނާސިރު، ސަރުކާރުގެ ވަފުދާއެކު ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުން މީހުންނާ މެދު އަމަލުކުރި ލާއިންސާނީ އަނިޔާތައް ވަރަށް ތަފުސީލާ އެކު ކުރީގެ އަޑުއެހުންތަކުގައި ކިޔައިދީފަ އެވެ. އެކަމަކު ހާދިސާ ހިނގައިދިޔައިރު އެއީ ކުޑަކުދިންނެވެ. އެހެންވެ، ހަނދާން ހުރި ވަރަކުން އެ ވާހަކަތައް ތިނަދޫގައި ލައިވްކޮށް ބޭއްވި އަޑުއެހުންތަކުގައި އެ މީހުން ކިޔައިދެމުން ދިޔައީ ރޮވިފައި ތިބެ އެވެ.
އެ މީހުންގެ ނަގައި ނިންމައި މާލޭގައި މާޗު 27 ގައި ބަޔާން ނަގަން ނިންމިޔަސް އެ އަޑުއެހުންތައް ފަސްކުރީ އެވެ. އޭގެ ފަހުން އަދިވެސް އަޑުއެހުންތައް ނުފަށަ އެވެ.
އެ މައްސަލައާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ހުށަހެޅުނު ވަކިވަކި ކޭސްތަކުގެ ބަޔާންތައް މިހާރު ނަގައި ނިންމާފައިވާ ކަމަށެވެ. އަދި މައްސަލައިގެ އިންވެސްޓިގޭޝަން ރިޕޯޓް އެކުލަވައިލާނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަޑުއެހުންތައް ނިމުމުން ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އަޑުއެހުންތައް ލަސްވީ، ބަޔާން ދޭން އެކަށީގެންވާ ވަރަށް މީހުން ރަޖިސްޓަރީވެފައި ނުވާތީ އެވެ. އެހެންވެ، ކުރީގެ އަޑުއެހުންތައް ވެސް އެނަލައިޒްކޮށް، ފާހަގަކުރެވޭ އިތުރު މީހުން ބަޔާން ދިނުމަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަޑުއެހުންތައް ލަސްކުރަން ޖެހުނު އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އަޑުއެހުންތައް ބާއްވާނެ ހޯލެއް ނުލިބި އޮއްވައި ރޯދަމަސް ވެސް ކުރިމަތިވުމުންނެވެ. އެކަމަކު މިހާރު މަސައްކަތްކުރަމުން ދަނީ ވީހާ ވެސް އަވަހަކަށް އަޑުއެހުންތައް ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިހާރު އަޑުއެހުންތައް ބޭއްވުމުގެ ތައްޔާރީތައް ވަމުން މި ދަނީ. އަޅުގަނޑުމެން ބަޔާންދޭނެ އިތުރު ބަޔަކު ވެސް ހޯދަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އަލުން އަޑުއެހުންތައް ފެށޭނެ ސީދާ ދުވަހެއް އަދި ނޭނގެ އެވެ.
ތިނަދޫގައި ބޭއްވި އަޑުއެހުންތަކުގައި އެ މީހުން ވަނީ އާއިލާތަކުން ގިނަ ބަޔަކު މަރުވެ، އާއިލާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް މައްސަލަ ބެލި އެވެ.
މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.
އޭސީސީއަށް އެއްބާރުލުން ދިން މުވައްޒަފުންނަށް އަދަބުދީފި
އިންތިގާލީ އިންސާފުން އޭސީސީއަށް އެއްބާރުލުމެއް ނުދިން
މުއްދަތު ހަމަވަނީ, އިންތިގާލީ އިންސާފު ލިބުނީ ކާކަށް؟
އަމީނުގެ މައްސަލަ: މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ބަޔާން ދޭނެ މީހަކު ނުވެ މައުލޫއު ފުޅާކޮށްފި
ބަޔާންދޭނެ މީހުން މަދު، ތިނަދޫގެ އަޑުއެހުން ފަސްްކޮށްފި
ނަފްރަތުގެ ހުޅުގަނޑުން ސުލްހަވެވިދާނެތޯ އުފެދޭ ސުވާލު!
ތިނަދޫ ފަޅުކޮށްލި ލާއިންސާނީ އަނިޔާއާއެކު ލޮލުން ކަރުނަ
ތިނަދޫ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާލަނީ
އިންތިގާލީ އިންސާފު މައްސަލަ ނިންމަން ކޯޓަށް 18 މަސް