26 ޑިސެމްބަރ 2016
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު ހުޅުމާލެއާ ގުޅުވައިލުމަށްޓަކައި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު މިހާރު ބޭނުންކުރާ މަގު ހައިވޭ ފެންވަރަށް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު ހުޅުމާލެއާ ގުޅުވައިލުމަށްޓަކައި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު މިހާރު ބޭނުންކުރާ މަގު ހައިވޭ ފެންވަރަށް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
ހުޅުލެ އާއި ހުޅުމާލެ ގުޅުވައިލާ މަގު ހެދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރު މުއިއްޒު (ކ) އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން މިއަދު ސޮއި ކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލު ކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ނިމޭ އިރު، އެ ބްރިޖުން ހުޅުލެ އަށް ދާ މީހުންނަށް ފަސޭހަ އިން ހުޅުމާލެ އަށް ދެވޭނެ މަގެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެންވެ، އެޗްޑީސީން ހަރަދުކޮށްގެން ހަދާ މި މަގުގެ މަސައްކަތް އޭޕްރީލް 2018 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތް މަަގު އެއީ އެ ކަމަށް އެކަށީގެންވާ މަގެއް ނޫން. އެ މަގު އިތުރަށް ފުޅާކުރަން ޖެހޭ އަދި ރަނގަޅު ފެންވަރަކަށް ރައްކާތެރި ކުރެވެން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
މިއީ، އޭނާ ވިދާޅުވި ގޮތުގައި، ހައިވޭ ފެންވަރަށް ތަރައްގީކުރާ މަގެކެވެ. އަދި މި މަގު ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެޗްޑީސީންނެވެ.
ހުޅުލެ އާއި ހުޅުމާލެ ގުޅުވާލާ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ރަސްމިއްޔާތުގައި ސައިމަން ވިދާޅުވި ގޮތުގައި، ބްރިޖުގެ ޑިޒައިން ހެދި ފަންނީ ބޭފުޅުންނާއި އެޗްޑީސީގެ ފަންނީ ޓީމަކުން މަސައްކަތްކޮށްގެން މިހާރު ވަނީ އެ މަގުގެ ކޮންސެޕްޓް ޑިޒައިނެއް ހަދައިފަ އެވެ. އަދި ތަފްސީލީ ކުރެހުންތައް ތައްޔާރު ކުރަން ވަރަށް އަވަހަށް ފަށައި ކުރި އަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މި ބަލަނީ،" މި މަޝްރޫއަށް ހޭދަވާ ފައިސާގެ އަދަދު އެނގޭނީ ކުންފުނިތަކުން ހުށަހަޅާ އަގުތަކަށް ބެލުމަށް ފަހު ކަން ފާހަގަ ކުރައްވައި، ސައިމަން ވިދާޅުވި އެވެ.
ހުޅުލެ އާއި ހުޅުމާލެ ގުޅުވާލާ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައިމަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނުކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނުކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.
މި ހައިވޭ ހަދާ އިރު، އެ މަގު ފުޅާ ކުރަން ބިން ހިއްކަައި އެ ސަރަހައްދުގައި އަލުން ތޮށިލާން ވަނީ ނިންމައިފަ އެވެ. އެކަމަކު، ސައިމަން ވިދާޅުވީ އެ މަގާ ގުޅޭ އިތުރު މައުލޫމާތު ދެވޭނީ ތަފްސީލީ ކުރެހުންތައް ނިމުމުން ކަމަށެވެ.
"މިއީ ހުޅުމާލޭގެ ތަރައްގީއާ ގުޅިފައިވާ ކަމެއް. ހުޅުމާލޭގެ އޯވަރޯލް އިކޮނޮމިކް އެކްޓިވިޓީ އާއި ތަރައްގީ އަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ، އެ ގޮތަށް ދެކޭ އިންފްރަސްޓްރަކްޗާ ޕްރޮޖެކްޓެއް މިއީ އަޅުގަނޑުމެންގެ،" އޭނާ ވިދާޅުވި އެވެ.
ބްރިޖުގެ މައި ތަނބުތަކުގެ ހޮޅިތައް ޖެހުމަށް ފަހު މިހާރު ކުރަމުން އަންނަނީ ހޮޅި ތެރޭގައި ހުރި ވެލިތައް ނެގުމުގެ މަސައްކަތެވެ. އޭގެ ފަހުން، އެ ހޮޅިތަކުގެ ތެރެ އަށް ރިއިންސްފޯސްމަންޓް ޖަހައި ކޮންކްރީޓް އަޅާނެ އެވެ. ބައެއް ތަނބުތަކަށް މިހާރު ވަނީ ކޮންކްރީޓް އަޅައި ނިންމައިފަ އެވެ.
ބްރިޖުގެ މަސައްކަތް ކުރާ ހުޅުލޭ ސައިޓު: ހުޅުލެ އާއި ހުޅުމާލެ ގުޅުވާލާ މަގު ހަދާނީ މި ސަރަހައްދުން ފެށިގެން.--ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން ދެން އޮންނާނީ ހަތް ތަނބުގެ މަތީގައި، ވީ އަކުރެއްގެ ސިފައިގައި އޮންނަ ކެޕިން ޖެހުމުގެ މަސައްކަތެވެ.
ޖުލައި 2018 ގައި ހުޅުވަން ނިންމާފައިވާ ބްރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކުރާ އިރު، އޭގެ ތެރޭން 116 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއު އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު (184 މިލިއަން ރުފިޔާ) ހޭދަކުރެ އެވެ.
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ބްރިޖާ ގުޅޭ މަގުތައް ހުޅުވާލާނީ ބުރާސްފަތި ދުވަހު
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން މަގު ސާފުކުރަނީ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ތާރު ނެއްޓުނީ ޖަންކްޝަނެއްގެ މަތި އަޅަން ދޫކުރިތަނަކުން
ފެންބޮޑުވާ މައްސަލައިގެ ޖަވާބުން ރުޅިގަދަވެއްޖެ!
ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ ގިނަބަޔަކު ސޮއިކޮށްފި
400 ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއަށް