Roadha Mihaaru
ސީ ގޭމްސްގެ އޮފިޝަލުންގެގޮތުގައި މުންތަގިމް އާއި އިއްބެ

ސީ ގޭމްސްގެ އޮފިޝަލުންގެގޮތުގައި ރާއްޖޭގެ މުންތަގިމް އާއި އިއްބެ

14 މެއި 2022

ވިއެޓްނާމްގައި މިހާރު ކުރިއަށްދާ ސައުތު އީސްޓް އޭޝިއަން ގޭމްސްގެ ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެރެޓަރީ އަހްމަދު މުންތަގިމް ހަރަކާތްތެރިވާން ފަށައިފި އެވެ.

އެތުލެޓިކްސްއިން ދެކުނު އޭޝިއާއިން ހަމަޖެއްސި ޓެކްނިކަލް ދެ އޮފިޝަލުންގެ ތެރޭގައި މުންތަގިމް ހިމެނެ އެވެ. އަނެއް އޮފިޝަލަކީ އިންޑިުއާގެ މީހެކެވެ. އަދި ބޮޑީ ބިލްޑިންގެ ނިއުޓްރަލް ތިން ޖަޖުންގެ ތެރެއިން އެއް ޖަޖަކީ އިއްބެ އެވެ. އަނެއް ދެ ޖަޖަކީ އަފްގާނިސްތާނާއި އިރާންގެ ޖަޖުންނެވެ.

މިދިޔަ ފަސް އަހަރު ތެރޭ އިއްބެ ވަނީ އިންޓަނޭޝަނަލް ބޮޑީ ބިލްޑިން އެކި މުބާރާތްތަކުގައި ޖަޖްކަން ކޮށްފަ އެވެ. އެގޮތުން ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ ޖަޖްކަން ކޮށްފަ އެވެ. އެކަމަކު މިއީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ އޭނާ ޖަޖްކަން ކުރާ ފުރަތަމަ ފަހަރެވެ.

ވޯލްޑް އެތުލެޓިކްސްގެ އިންޓަނޭޝަނަލް ރެފްރީކަމުގެ ސަނަދު އޮންނަ މުންތަގިމް އަކީ އިންޓަނޭޝަނަލް ގޭމްސްތަކާއި މުބާރާތްތަކުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސްގެ އިންޓަނޭޝަނަލް އިސް ޓެކްނިކަލް އޮފިޝަލްގެ މަގާމު އަދާކުރެއްވި މުންތަގިމް ވަނީ އިންޓަނޭޝަނަލް އެކި ރޭސްތަކުގައި އޮފިޝަލްކަން ކުރައްވައިފަ އެވެ. ހޮންކޮންގުގައި 2019 ގައި ބޭއްވި ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ގިނަ އިވެންޓުތަކެއްގައި މުންތަގިމް ވަނީ ވަނީ އޮފިޝަލްކަން ކުރައްވައިފަ އެވެ.