04 މެއި 2022
ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
މިދިޔަ ހޯމަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް އުމުރުން 18 އަހަރުގެ މަހްމޫދު ހާލު ގޯސްވެ އޭނާއަށް ފަރުވާދެމުން ދިޔައީ ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގަ އެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅުނުވާތީ ނިއޮރޮލޮޖިސްޓަކަށް ދެއްކުމަށް އޭނާ މާލެ ގެނައީ މިއަދު ހަވީރު 3:15 ހާއިރެވެ.
މަހްމޫދުގެ އާއިލާގެ މީހަކު، "މިހާރު" އަށް ބުނީ ކުޑަހުވަދޫ މަގުން ސީޕްލޭންގައި މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ހަވީރުގެ ވަގުތެއްގައި އޭނާ ގެންދާނީ ޅ. ކުރެއްދޫ ރިސޯޓުގައި ހުންނަ ޑީކޯ ޗެމްބަރަށެވެ.
އާއިލާ އިން ބުނި ގޮތުގައި ކުރެއްދޫއަށް މަހްމޫދު ގެންދަނީ މާލެއާ އެންމެ ކައިރީގައި ޑީކޯ ޗެމްބަރު ހުންނަ ބަނޑޮހުގައި ހުރި ޗެމްބަރު ހަލާކުވެފައި ހުރުމުންނެވެ.
މަހްމޫދުގެ ހާލު ގޯސްވެގެން އޭނާއަށް ފަރުވާދެމުން އަންނައިރު އޭނާއާ އެކު ދެން ޑައިވިނަށް ފޭބި ފުވައްމުލަކު ނީމޯ، މުހައްމަދު ސައީދު 44، ގެއްލިގެން އެމްއެންޑީއެފުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މަހްމޫދަކީ ސައީދުގެ ޑައިވިން ސްކޫލުގައި މަސައްކަތްކުރާ ޒުވާނެކެވެ.
ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސައީދު އަދިވެސް ނުފެނެ އެވެ. ތިން ކުދިންގެ ބައްޕަ ހޯދަން ސިފައިންގެ ކޯސްޓް ގާޑުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނައިރު އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ސިފައިން މިއަދު ކުރި ޑައިވެއްގައި 68 މީޓަރު (223 ފޫޓް) އަަޑިން ޑައިވިން ބެލްޓެއް ފެނިފައިވެ އެވެ.
ބެލްޓެއް ފެނުނު ކަމަށް ބުންޏަސް މިއީ ގެއްލުނު މުހައްމަދު ސައީދުއާ ގުޅުން ހުރި އެއްޗެއް ކަމަކަށް އެމްއެންޑީއެފަކުން ނުބުނެ އެވެ. އެކަމަކު ރޭ އެމްއެންޑީއެފުން ބުނީ މަސް ހިފަން ސައީދު ގެންގުޅުނު އާލާތެއް 59 މީޓަރު އަޑިން ފެނުނު ކަމަށެވެ. އެކަމަކު އެއީ ކޯޗެއް ކަމެއް ނުބުނެ އެވެ.
ހިތަދޫން ޑައިވިން އަށް ފޭބި ޒުވާނަކު ނިޔާވެއްޖެ
ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް
މަސް ހިފަން ސައީދު ބޭނުންކުރި އެއްޗެއް ފެނިއްޖެ
ސައީދުގެ އަނބިމީހާގެ އަސަރުގަދަ ބަސްކޮޅެއް!
ހާލު ދެރަވި މީހާއަށް އޮކްސިޖަން ޗެމްބަރުގައި ފަރުވާދެނީ
ގެއްލުނު މީހާ ނުފެނޭ، އިތުރު މީހަކަށް ފަރުވާ ދެނީ
އެން ހިފަން ފީނި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ
ގެއްލުނު ދެ ޑައިވަރުން ކަނޑުމަތިން ފެނިއްޖެ
ޑީކޯވެގެން ގެނައި ދެ މީހުން ބަނޑޮހުގެ ޗެމްބަރަށް
ގެއްލުނު ޓޫރިސްޓު އަދިވެސް ނުފެނޭ