03 މެއި 2022
ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް، އެ ރަށު މުހައްމަދު ސައީދު ގެއްލިގެން ހޯދަމުން އަންނައިރު އޭނާގެ އަންހެނުން އައިމިނަތު އިސްމާއީލް އަށް ކޮށްފައިވާ އަސަރު ހާމަކޮށްލީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ކުރު، އެހެނަސް ހިތާމަވެރި ޖުމުލަތަކަކުންނެވެ.
ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް، އެ ރަށު މުހައްމަދު ސައީދު ގެއްލިގެން ހޯދަމުން އަންނައިރު އޭނާގެ އަންހެނުން އައިމިނަތު އިސްމާއީލް އަށް ކޮށްފައިވާ އަސަރު ހާމަކޮށްލީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ކުރު، އެހެނަސް ހިތާމަވެރި ޖުމުލަތަކަކުންނެވެ.
ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް އެ ރަށު ނީމޯ، ސައީދު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން އިއްޔެ އިން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެ އެވެ. އުމުރުން 44 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ، ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރެކެވެ.
ސައީދުގެ އަންހެނުން އައިންތު އޭނާގެ ދެ ކުއްޖަކާއެކު.
މި ހިތާމަވެރި ދަނޑިވަޅު އޭނާގެ އަންހެނުން އައިންތު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ސައީދަކީ އޭނާ އެންމެ ލޯބިވާ، ފުރާނަ ކަމަށެވެ. އެ ޕޯސްޓްގައި ވާ ގޮތުން ސައީދުގެ އަނބިމީހާ އައިންތުގެ ހުރިހާ ވެސް މީހަކީ ސައީދެވެ. ސަލާމަތުން ދުނިޔޭގައި ހުރީ ވެސް ސައީދުގެ ސަބަބުންނެވެ.
"އައިންތު އެންމެ ލޯބިވާ އައިންތުގެ ފުރާނަ. އައިންތުގެ ހުރިހާ ވެސް އުންމީދު. އައިންތުގެ ހިނިތުންވުން. އައިންތުގެ ހިތްހަމަޖެހުން. އައިންތު ދުނިޔޭގައި މި އޮތް ހުރިހާ ދުވަހު ސަލާމަތުން ހުރުމުގެ ސަަބަބު. އައިންތުގެ ފުރާނަ ފަދަ ލޯބިވާ ފިރިމީހާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ލެއްވުމަށް އެންމެން ދުއާ ކޮށްދެއްވާ. އާމީން،" އުމުރުން 36 އަހަރުގެ އައިންތުގެ ޕޯސްޓްގައި ވެ އެވެ.
ގެއްލިގެން ހޯދަމުން އަންނަ ސައީދު -- ފޮޓޯ/ސޯޝަލް މީޑިއާ
އެހެން ޕޯސްޓެއްގައި އައިންތުގެ ހަނދާނަށް ގެނެސްފައި ވަނީ ދުވަސްތަކެއް ކުރިން ނިޔާވެފައިވާ މަންމަ އާއި މީގެ ދެ އަހަރު ވަރު ކުރިން ނިޔާވި ކޮއްކޮގެ މަރެވެ. އެ ދެ މަރުގެ މަތިން ވެސް ހަނދާންކޮށް، ދެން އައިންތު ގެނައީ ލޯބިވާ ފިރިމީހާ ސައީދުގެ ވާހަކަ އެވެ.
"ﷲ މި އަޅާ މި ހުރިހާ ކަމަކަށް ކެތްތެރިވަން. ޔާ ﷲ މި އަޅާގެ ފިރިމީހާ ހެޔޮ ހާލުގައި ސަލާމަތުން މި އަޅާ އަށް ފެނުމުގެ ނަސީބު މިންވަރު ކުރައްވާށި. ﷲ އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ. އާމީން."
ސައީދާއި އައިންތުގެ ތިން ކުއްޖަކު އެބަތިއްބެވެ. އެންމެ ހަގު ކުއްޖާގެ އުމުރަކީ ތިން އަހަރެވެ. އެންމެ ބޮޑު ކުއްޖާ އަށް 16 އަދި ދެވަނަ ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ.
ދެ މީހުންގެ ވެސް ފުރަތަމަ ކައިވެނި ކަމަށް ވާއިރު، އުޅެމުން އަންނަނީ ވަރަށް އުފަލުން، ލޯބިން ކަމަށް ސައީދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސައީދު ހޯދުމަށް މިހާތަނަށް ސާޗް ކުރި ސަރަހައްދު ފެންނަ ގޮތް.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ސައީދާ އެކު އެހެން މީހަކު ވެސް އެއްކޮށް ޑައިވިން އަށް ފޭބި އެވެ. އޭގެ ތެރެއިން ސައީދު ގެއްލުނުއިރު ހާލު ދެރަވި ޒުވާނާ މައްޗަށް އެރި އެވެ. އެކަމަކު އޭނާގެ ޚަބަރު އެ ވަގުތު ހުސްވީ އެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނީ، ސައީދު ހޯދުމަށް މިއަދު ހިންގާ އޮޕަރޭޝަންގައި ދެ ހާބަރު ކްރާފްޓާއި އެމްއެންޑީއެފް ޑޯނިއާ ފްލައިޓް ވެސް ހަރަކާތްތެރިވާ ކަމަށެވެ.
ސައީދަކީ 2001 ގައި ޑައިވް މާސްޓާ ކޯސް ފުރިހަމަކޮށް އަދި އޭގެ ފަހުން ޑައިވް އިންސްޓްރަކްޓަރު ކޯސް ވެސް ނިންމާފައިވާ މީހެކެވެ. އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކުރީ ޑައިވިންގަ އެވެ.
މަސް ހިފަން ސައީދު ބޭނުންކުރި އެއްޗެއް ފެނިއްޖެ
ހާލު ދެރަވި މީހާއަށް އޮކްސިޖަން ޗެމްބަރުގައި ފަރުވާދެނީ
ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް
ގެއްލުނު މީހާ ނުފެނޭ، އިތުރު މީހަކަށް ފަރުވާ ދެނީ
އެން ހިފަން ފީނި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ
ގެއްލުނު ދެ ޑައިވަރުން ކަނޑުމަތިން ފެނިއްޖެ
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ
ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ނާއިޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނީ