Roadha Mihaaru
ދިރާގުން 4 ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު

ދިރާގުން ހަތަރު އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާކޮށްފި

22 ޑިސެމްބަރ 2016

‎ދިރާގުން ހަތަރު އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު މިއަދު ހަދިޔާކޮށްފި އެވެ.

‎ދިރާގުން ހަތަރު އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު މިއަދު ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ބުނީ "މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީކޮށް، ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެން ދިޔަ ވަރަށް މުހިއްމު އެއް މަސައްކަތެއް" ކަމަށެވެ.

‎ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރުތައް ހަދިޔާކޮށްފައި ވަނީ އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލަށެވެ.

ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރެއް ހަދިޔާކުރި ކަމުގެ ލިޔުމުގައި ދ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ހަވާލުވަނީ.-- ފޮޓޯ: ދިރާގު

ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރެއް ހަދިޔާކުރި ކަމުގެ ލިޔުމުގައި ދ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ހަވާލުވަނީ.-- ފޮޓޯ: ދިރާގު

‎އޮކްސްސިޖަން ކޮންސެންޓްރޭޓަރާ ހަވާލުވެވަޑައިގަތުމަށް ފަހު، ފ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާޒިމް ވިދާޅުވީ އެއީ އެ ހޮސްޕިޓަލަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ދިރާގުން އެފަދަ އެއްޗެއް ހަދިޔާ ކުރީތީ އެ ކުންފުންޏަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

‎ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަރީފު ވެސް ވަނީ ދިރާގުން އެ ހޮސްޕިޓަލަށް އޮކްސިޖަން ކޮންސެންޓްރޭޓަރެއް ހަދިޔާ ކުރީތީ ދިރާގުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

‎ދިރާގުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށްވާ އިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ ނުވަ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރުތައް ގާއިމުކޮށް، މުޅި ރާއްޖެ އެކީ ގުޅުވާލައިފަ އެވެ. އެ ކުންފުނިން ބުނީ އެ އޮޕަރޭޝަން ސެންޓަރުތަކުން ވެސް ވަރަށް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

"އެހެންކަމުން ދިރާގުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވެސް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރި ވުމަށެވެ." އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ‎އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މި އަހަރުގެ ތެރޭގައި ވެސް ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން، ލ. އަދި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަދިޔާކޮށް، ފުވައްމުލަކުގައި ގާއިމުކުރާ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.