Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލައިގެ ހަގީގަތް ހޯދަން ކޮމިޓީއަށް

ޖިންސީ ގޯނާކުރި މައްސަލައިގެ ހަގީގަތް އޮޅުންފިލުވަން ކޮމިޓީ ބާއްވައިދޭން އެދިއްޖެ

03 އެޕްރީލް 2022

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ ނުރުހުންފާޅުކުރަމުންދާތީ އެ މައްސަލައިގެ ހަގީގަތަށް ވާސިލްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ބަލައިދޭން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ ނުރުހުންފާޅުކުރަމުންދާތީ އެ މައްސަލައިގެ ހަގީގަތަށް ވާސިލްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ބަލައިދޭން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.

އޭނާ ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމާގުޅޭ އިދާރާތަކުން އޮޅުންފިލުވުމަށް، ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ހުށަހަޅުއްވައިފަ އެވެ.

ކޮމިޓީން މައްސަލަ ބަލައިދޭން ރޮޒައިނާ އެދިވަޑައިގަތް އިރު، އައްޑޫގައި އެ މައްސަލައިގެ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބުނެ މުޒާހަރާ ވެސް ކުރި އެވެ.

އެކަމަކު އަންހެން މީހާ ދޫނުކޮށް، ކޯޓަށް ގެންގޮސް ފުލުހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދޭން ރޮޒައިނާ އެދިވަޑައިގަތަސް އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމި ކަމެއް އަދި ސާފެއް ނޫނެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ--  ފޮޓޯ: މަޖިލިސް އިދާރާ

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ-- ފޮޓޯ: މަޖިލިސް އިދާރާ

ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމުގެ ތުހުމަތު އަޅުވައި އޭނާގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު ވަނީ މިދިޔަ ހަފުތާގައި އަޑު އުފުލައިފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ މާލޭގަ އެވެ. ވެލާނާ އެއާޕޯޓުގައި އޭނާ ހުއްޓައި ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފޮޓޯ އާއްމުކޮށްފަ އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާއަކީ އެކަހަލަ ރިކޯޑެއް އޮތް މީހެއް ނޫނެވެ.

އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އެ ދުވަހު ކުއްޖާ ފާހާނާއަށް ގެންދިޔައީ އެ މީހާ ކަމަށްވާތީ އެވެ. އައްޑޫގެ ސްކޫލެއްގައި 30 އަހަރު ވަންދެން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި އެ މީހާ ކުއްޖާ ގޮވައިގެން ފާހާނާއަށް ދިޔައިރު ވެސް ކުއްޖާ އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށް އަންހެން މީހާގެ އާއިލާއިން ބުނެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ.

އެ މައްސަލައިގައި އަންހެން މީހާގެ އާއިލާއިން ކުއްޖާގެ ކާފައަށް ތުހުމަތުކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފުލުހުން އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.