29 މާޗް 2022
އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކުރިޔަސް އެކަން ކުރީ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އެ މީހާގެ ގޭދޮށުގައި އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފި އެވެ.
އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކުރިޔަސް އެކަން ކުރީ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އެ މީހާގެ ގޭދޮށުގައި އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފި އެވެ.
އިއްޔެ މެންދުރުން ފެށިގެން އެ ކުއްޖާގެ ކާފަގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު އެއްވެ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުން ދިޔަ އެވެ. އޭރު އެ ގޭ ދޮރުމަތީގައި ތިން ފުލުހަކު ތިއްބެވެ. އެކަމަކު ތުހުމަތުވާ މީހާ ފުރުވާލަން އުޅޭކަމުގެ ތުހުމަތާ އެކު މުޒާހަރާ ކުރި މީހުން އެ ސަރަހައްދުން ދުރަށް ނުދިއުމުން އެންމެ ފަހުން ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ މުޒާހަރާ ރޫޅާލީ ރޭ ފަތިހު އެވެ.
އެ ހާދިސާ ހިނގާދިޔަ ގޮތް "މިހާރު" އަށް ކިޔައިދެމުން، އަންހެން މީހާއަށް ބޮޑުދައިތަ ކިޔާ އަންހެނަކު ބުނީ ހައްޔަރުކުރި މީހާއަކީ އެކަހަލަ ކަމެއްގެ ރިކޯޑެއް ވެސް އޮތް މީހެއް ނޫން ކަމަށެވެ. އޭނާ ތުހުމަތުކުރީ، ކުއްޖާގެ އާއިލާއިން އޭނާގެ ދައްތަ ފްރޭމްކުރީ ކުއްޖާގެ ކާފަ ސަލާމަތްކުރުމަށް ކަމަށެވެ.
އައްޑޫގެ ސްކޫލެއްގައި 30 އަހަރު ވަންދެން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ 59 އަހަރުގެ އެ މީހާގެ މައްޗަށް ޖިންސީ ގޯނާ ތުހުމަތުކުރީ މިދިޔަ ބުދަ ދުވަހު ކުއްޖާ ގޮވައިގެން ފާހާނާ އަށް ދިޔައީ އޭނާ ކަމަށްވާތީ އެވެ.
"ކުއްޖާ ޓޮއިލެޓަށް ގެންދަން ހަވާލުކުރީ ދައްތައާ. ފާހާނާ ކައިރީ އެހެން މީހުން ވެސް އެ ގަޑީގައި ތިބި. ދައްތަ ހުރީ ފާހާނާކޮށް ނިމެންދެން ބޭރުގައި. އެ ކުއްޖާ ގޮވީމަ ވަދެފައި ފެން އަޅައިދިން. ދައްތަ ބުނީ އިނގިލި ކުރި ވެސް ޖައްސާ ނުލަމޭ އެ ކުއްޖާގެ ގައިގައި،" ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ކޯޓުން ބަންދުކުރި އަންހެން މީހާއާ ގުޅިގެން އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ، ކުއްޖާ ފާހާނާ އަށް ގެންދިޔައިރު ވެސް އެކުއްޖާ ހުރި ގޮތުން ބަލީތޯ ޓީޗަރާ އެ މީހާ ސުވާލުކުރި ކަމަށެވެ. އަދި ޓީޗަރު ބުނެފައި ވަނީ ސްކޫލަށް ދިޔައިރު ވެސް ކުއްޖާ އުޅެނީ ބަނޑަށް ތަދުވާތީ ކަމަށާއި ހިނގަނީ ވެސް ބަނޑުގައި އަތް އަޅައިގެން ކަމަށް އޭނާ ބުންޏެވެ.
"ކުއްޖާ ސްކޫލަށް ދިޔައިރު ވެސް ހުރީ ފެންކަޅިވެފައި ގޮތަކަށް. ކުއްޖާ އަށް ކިހިނެއްވީހޭ އެހީމަ ބަނޑަށް ތަދުވާތީއޭ ހިނގަނީ ވެސް ބަނޑުގައި އަތް އަޅައިގެންނޭ އާންޓީ ބުނެފައި ވަނީ،" އޭނާ ބުންޏެވެ.
އެ ދުވަހު ސްކޫލު އޮފީހުން އެންގީ ކުއްޖާ އަށް ބެހުނު މައްސަލައާ ގުޅިގެން ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރާށެވެ. އޭނާ ކިޔައިދިން ގޮތުގައި "ކުއްޖާ އަށް އޮތީ ވަރަށް ވަރުކޮށްލައިފަ" އެވެ. ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމަށް ޑޮކްޓަރުގެ ރިޕޯޓުން އެނގޭ ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން 25 ވަނަ ދުވަހު އަންހެން މީހާގެ ޑީއެންއޭ ހެދުމަށް ނިޔަފަތި ކަނޑައިގެން ގެންދިޔަ ކަމަށާއި އޭގެ ނަތީޖާ އާއިލާއާ ހިއްސާނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހޮނިހިރު ދުވަހު ކުއްޖާ ވެސް ބަޔާންދީފައި ވަނީ ކާފައޭ އެކަން ކުރީ. މިގޭ ކުދިން ވެސް ގެންދިޔަ ބަޔާން ނަގަން މާމަ ފަރާތުން އެކަހަލަ ކަމެއް ވިތޯ ބަލަން. އެކަމަކު އެ ކުދިން ވެސް ބުނީ ދުވަހަކު ވެސް ނެތޭ އެކަހަލަ ކަމެއް ކުރިމަތިވެފައި،" އޭނާ ބުނެ އެވެ.
ކުއްޖާގެ ކާފަކުރި ކަމެއް ކަމަށް އެ ކުއްޖާ ވެސް އެއްބަސްވާއިރު އެކަމުގައި އޭނާގެ ދައްތަ ބައްދާލަން އުޅެނީ ބާރާއި ނުފޫޒު ފޯރުވައިގެން ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.
"ދައްތައަކީ ބަލި މީހެކޭ. ކަކުލުގައި މައްސަލަ ހުންނާނެ. ނަމާދުކުރާނީ ގޮނޑީގައި. ބިންމައްޗަކު ނޯވެވޭނެ. އެކަމަކު އެ މީހުން [ފުލުހުން] ދައްތަ ގެންގޮސް ބަންދުކުރީ ބިންމަތީގައި ކުނަލެއް އަޅާފައި އޮތްތަނެއްގައި."
އޭނާ ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އަންހެން މީހާ ޑޮކްޓަރަށް ދައްކަން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ނަމްބަރު ނެގުމަށް ފަހު ޑޮކްޓަރަށް ދައްކަން ގެންގޮސްފައި ނުވާ ކަމުގެ ޝަކުވާކުރި އެވެ.
"އެ މީހުން ފުރަތަމަ ބުނީ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ބަލާފައި ގެއަށް ދޫކޮށްލާނަމޭ. އެކަމަކު އެ ދުވަހު ނުވެސް ގެންދިޔަ ޑޮކްޓަރަށް ދައްކަން،" އޭނާ ބުންޏެވެ.
އެ އާއިލާ އިން މިހާރު ތުހުމަތުކުރީ އައްޑޫން އެ މީހާ ފުރުވާލަން އުޅޭކަމުގެ ތުހުމަތެވެ. މުޒާހަރާކުރި މީހުން ފަހަތަށް ޖެއްސުމަށް ފަހު ރޭ ފަތިހު އެ މީހާ ގެންދިޔަ ކަމަށާއި އެ މީހާ ފުރުވާލަން އުޅެނީ އިންޑިއާ އަށް ކަމަށް ވެސް އެ މީހުން ތުހުމަތުކުރެ އެވެ.
އެ މައްސަލައިގައި އަންހެން މީހާގެ އާއިލާއިން އެ ތުހުމަތުކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަކީ އަދިވެސް ކުރިއަށްދާ އޯޕަން ތަހުގީގެއް. ތަހުގީގުކުރިއަށްދާ މިންވަރަކުން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފުލުހުން އެ ފިޔަވަޅު އަޅާނެ،" ފުލުހުން ބުނެ އެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ދުވަސްވީ މީހާ ދޫކޮށްލަން އެދި ޕެޓިޝަނެއް
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ރޭޕްގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ރޭޕްގެ މައްސަލާގައި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދު
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
"ކުޑަކުއްޖާ ރޭޕްކުރި މީހާ އަވަހަށް ހައްޔަރުކުރޭ"