ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބަހުސް ފަށައިފި އެވެ.
23 މާޗް 2022
ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބަހުސް ފަށައިފި އެވެ.
"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް މާލޭގައި ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި އަވަށްޓެރި ގައުމަކާ މެދު ނަފްރަތު އުފައްދަން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އަތޮޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މާލެ އަށް ގެނެސް ރާވަމުންދާ އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭނެ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއް މާލޭގެ އެއްވެސް ތަނެއްގައި ކުރިޔަށް ގެންދަން ފުރުސަތު ނުދިނުމަށް އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމެވުމަށް ނެގި ވޯޓުގައި 30 މެމްބަރަކު ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ހުކުރު ދުވަހު ބޭއްވުމަށް ރާވަމުން އަންނަ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މަޖިލީހުގައި ވިދާާޅުވެފަ އެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ފުލުހުން ހުރަސް އެޅި ނަމަވެސް އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ މުޒާހަރާ ކުރިޔަށް ދާނެ އެވެ. އަދި އެ މުޒާހަރާގައި ބައިވެރިވާން އަތޮޅުތަކުން 4،000 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ނުވަ މީހުން ދޫކޮށްލަން ގޮވާލި މައްސަލަ ފާހެއް ނުވި
ޓެކްސް ބިލުގެ މައްސަލާގައި އިދިކޮޅުން މުޒާހަރާ އަށް
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
"އިންޑިއާ އައުޓް" ލިޔުނު މީހާ ހައްޔަރުކޮށްފި
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
އިންޒާރު ދީފައި ވަނިކޮށް އިދިކޮޅުން މުޒާހަރާއަށް
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި
އިދިކޮޅު އެއްވުމުގެ ބައިވެރިންނަށް ފުލުހުންގެ އިންޒާރެއް
އިންޑިއާއައުޓު ބޮޑު ހަރަކާތް އޮންނާނެ، ހުއްދަ ލިބިއްޖެ