Roadha Mihaaru
މި ކާއެއްޗެހިތައް ފްރިޖާ ދުރުގައި ބަހައްޓާ!

މި ކާއެއްޗެހިތައް ފްރިޖާ ދުރުގައި ބަހައްޓާ!

06 މާޗް 2022

ކާއެއްޗެހި ފިނިކޮށްފައި ބެހެއްޓުމަކީ އެ ތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓޭނެ އެންމެ ރަނގަޅު އެއް ގޮތެވެ. ނަމަވެސް ފްރިޖުގައި ބަހައްޓަން ރަނގަޅު ނުވާނެ ބައެއް އެއްޗެއްހި ވެސް ހުރެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކާއެއްޗެހި ފިނިކޮށްފައި ބެހެއްޓުމަކީ އެ ތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓޭނެ އެންމެ ރަނގަޅު އެއް ގޮތެވެ. ނަމަވެސް ފްރިޖުގައި ބަހައްޓަން ރަނގަޅު ނުވާނެ ބައެއް އެއްޗެއްހި ވެސް ހުރެ އެވެ.

މާ ފިނިކޮށް ބެހެއްޓުމުގެ ސަބަބުން ބައެއް ކާއެއްޗެއްސަކީ ވަރަށް އަވަހަށް ނުބައިވެ، ބޭނުންކުރަން ރައްކާތެރި ނޫން އެއްޗެއްސަށްވެ އެވެ.

ލޮނުމެދު

.

.

މާ ގިނައިން ވައިގެ ތެތްކަން ލިބި ފިނިވުމުގެ ސަބަބުން ލޮނުމެދު ވަރަށް އަވަހަށް ހަލާކުވެ އެވެ. އެކަމަކު ލޮނުމެދުގެ ތޮށި ފިލުވާފައި، ވަކިކޮށް ތައްޓަކަށް އަޅައި ބަންދުކޮށްފައި ފްރިޖަށް ލައިފި ނަމަ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ އެވެ. ލޮނުމެދުގެ ތޮށި ނުފިލުވާ ބަހައްޓާ ނަމަ، އެންމެ ބުއްދިވެރި ގޮތަކީ އަވި ނުދޭ ހިސާބެއްގައި ބަދިގެތެރޭގައި ބެހެއްޓުމެވެ.

އެކި ކަހަލަ ނަޓްސް

.

.

ކެޝޫނަޓް އާއި ޕިސްޓާޝިއޯ ފަދަ ތަފާތު އެކި ކަހަލަ ބަދަނުގެ ވައްތަރުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބޭނުންކޮށް ހުސްކޮށްލަން ވިސްނާ ނަމަ، ފްރިޖުގައި ބަހައްޓަން އެންމެ ރަނގަޅެވެ. ނަމަވެސް ގިނަ ދުވަސް ވަންދެއް އެ ތަކެތި ރައްކާތެރިކޮށް ބަހައްޓަން ބޭނުންވާ ނަމަ، ވައި ނުވަންނާނެހެން ފުޅިއެއް ނުވަތަ ދަޅަކަށް އަޅާފައި ބަހައްޓާށެވެ.

މާމުއި

.

.

މާމުޔަކީ އަމިއްލަ ޒާތުގައި ގިނަ ދުވަސްވަންދެން ފިނިކޮށް ހުންނަ އެއްޗެކެވެ. އެހެންވީމަ ފްރިޖަށް އެ ފިނިކުރަން ލާންވީ އެއްވެސް ސަބަބެއް ނެތެވެ. ފްރިޖަށް ލުމުން ވަރަށް އަވަހަށް މާމުއި ސަކަރާތްވެ އެވެ. މާމުއި ފްރިޖަށް ލުމުން އޭގައި ހުންނަ ގުދުރަތީ ހަކުރުގެ ބާވަތްތައް ގަނޑުވެ، ކްރިސްޓަލައިޒް ވާން މެދުވެރިވެ އެވެ.

ބަޓާނާ

.

.

ބަޓާނާ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ފްރިޖުގެ ވައިގައި ހުންނަ ތެތްކަމުގެ ސަބަބުން ބަޓާނާ އަކީ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެކެވެ. ބަޓާނާ އެއްވެސް ވަރަކަށް ނުފަޅާ ނަމަ، ފްރިޖަށް ނުލާށެވެ. އަދި ފްރިޖަށް ލާން ބޭނުންވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ބަޓާނާ ކިޔުބްކޮށް ކޮށާލުމަށް ފަހު، ޒިޕްލޮކް ކޮތަޅަކަށް އަޅައި ބަންދުކޮށްލާފައި ލުމެވެ.

ޕާން

.

.

ޕާނަކީ ވަރަށް އަވަހަށް ބޭނުންކޮށްފައި ހުސްކޮށްލަން ޖެހޭ އެއްޗެކެވެ. އެކަމަކު ޕާން ރައްކާކުރުމަށް ފްރިޖަށް ލައިގެން ފައިދާއެއް ނުވާނެ އެވެ. ފްރިޖަށް ލުމުން ޕާނުގެ ސްޓްރަކްޗާ އެއްކޮށް ބަދަލުވެ އެވެ. އޭގެ ސަބަބުން ޕާން ހަރުވެ، ފުނޑުފުނޑުވުން އެކަށީގެންވެ އެވެ.