01 މާޗް 2022
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް، އދ.ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް، އދ.ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
މިއީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް، އދ.ގެ ސަލާމަތީ މަޖިލީހުން ހޫތީ ޖަމާއަތް އިތުރުކުރި ފުރަތަމަ ފަހަރެވެ. ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމުން، އެ ޖަމާއަތަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ފޯރުކޮށްދިނުމަކީ މަނާ ކަމަކެވެ. އޭގެ އިތުރުން އެ ޖަމާއަތުގެ ވެރިންގެ ގޮތުގައި ހިމެނޭ މީހުންނަކީ ވެސް ޓެރަރިސްޓުން ކަމަށް ވެގެންދާނެ އެވެ.
މީގެ އިތުރުން އެ ޖަމާއަތުގެ ވެރިންގެ ގޮތުގައި ހިމެނޭ މީހުންނަށް އިގްތިސާދީ ގޮތުން ދަތިކުރުމާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދަތުރުކުރުން ވެސް ހުއްޓުވޭނެ އެވެ. ސަލާމަތީ މަޖިލީހުން، ހޫތީ ޖަމާއަތް ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނީ، އެކަމަށް އެދި އެމިރޭޓްސް އިން ހުށަހެޅި ހުށަހެޅުމަކާ ބެހޭ ގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.
ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން ދާތާ އަހަރުތަކެއް ފާއިތުވި ފަހުން، ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ޑްރޯން މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ އެކި ހިސާބުތަކަށް ހަމަލާ ދިނުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔަމަންގައި އޮތް ސަރުކާރު ވައްޓާލައި އެ ގައުމުގެ އިރުމަތީގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީ ޖަމާއަތަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެނީ އީރާނުންނެވެ. ނަމަވެސް އީރާނުން އެކަމަށް އިންކާރު ކުރެ އެވެ.
ޔަމަންގެ ވެރިކަން އަލުން އިއާދަކުރުމުގެ ގޮތުން، ހޫތީ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ ސައޫދީ އަރަބިއްޔާ އިސްވެ އުފެއްދި އަރަބިންގެ ގުޅިފައިވާ ލަޝްކަރުންނެވެ. ނަމަވެސް އެ ލަޝްކަރުގައި ހިމެނޭ ގިނަ ގައުމުތައް މިހާރު ހަނގުރާމައިން އަމަލީ ގޮތުން ބައިވެރި ނުވެ، މިހާރު ހަނގުރާމައިގައި ބައިވެރިވަމުން އަންނަނީ ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް އެވެ.
ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަން ފާސްކުރި ގަރާރާ އެއްކޮޅަށް ވޯޓު ދިނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން 11 މެމްބަރުންނެވެ. ހޫތީންނާ ދެކޮޅަށް ސައޫދީ އާއި އެމިރޭޓްސް އިން ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންނަށް ގެއްލުން ލިބޭ ކަމަށް ބުނެ، ބްރެޒިލް، އަޔަލޭންޑް، މެކްސިކޯ އަދި ނޯވޭ، ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. މި ހަތަރު ގައުމަކީ ވެސް ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރުންނެވެ. ސަލާމަތީ މަޖިލީހުގެ މި ނިންމުމަށް ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
"ހަމަލާތަކާ ހެދި ތެޔޮ މަދުވިޔަސް ޒިންމާއެއް ނުވާނަން"
ހޫތީން ހަމަލާދިން މައްސަލަ ސަލާމަތީ މަޖިލީހަށް
ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން
ޔަމަންގައި އުޅޭ ހޫތީންނަކީ ކޮން ބައެއް؟
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ވަގްނާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަނީ