28 ފެބުރުއަރީ 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކައި ވަކިކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އެއް ސަބަބަކީ ދުވާފަރު ހެލްތު ސެންޓަރުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި މައްސަލާގައި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކައި ވަކިކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އެއް ސަބަބަކީ ދުވާފަރު ހެލްތު ސެންޓަރުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި މައްސަލާގައި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނުގެ ފޯރިގަދަވެފައި ވަނިކޮށް ނަޝީދު ކުއްލި ގޮތަަށް ހިތްހަމަނުޖެހުންފާޅުކުރައްވައި ރައީސަށް ބޮޑު ތުހުމަތެއް ވަނީ ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުތައް ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ. އެ ބާރުގެ ބޭނުންކުރައްވައި، އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓިން މަގާމުތަކުގައި ތިއްބަވާ މެމްބަރުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އެގޮތަށް މެމްބަރުން ވަކިކުރައްވަނީ ނަމަ، އެ މަނިކުފާނު ވެސް ވަކިކުރައްވަން ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތެވެ.
ނަޝީދު އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހްމަދު ވަކިކުރީ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި ފާޅުގައި ކެމްޕޭންގައި އުޅުއްވާތީ އެވެ.
ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދެވި އާމިރު ވެސް ތުހުމަތުކުރަނީ އޭނާ ވަކިކުރުން ގުޅިފައި އޮތީ ޗެއާޕާސަންގެ އިންތިހާބާ ކަމަށެވެ.
މަގާމުން ވަކިކުރިކަން އަންގަވައި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ކަމަށް ސޯޝަލްމީޑިއާގައި ވެސް އާމިރު އާއްމުކުރި ސިޓީގައި އޮތީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އޭނާ އިއްޔެއިން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. މަގާމުގައި ހުންނަވައި އޭނާ ކޮށްދެއްވި މަސައްކަތްތަކަށް ވެސް ސިޓީގައި ޝުކުރު އަދާކޮށްފައި ވެ އެވެ.
ސިޓީގައި އިޝާރާތްކޮށްފައިވާ ގާނޫނުއަސާސީގެ 115 ވަނަ މައްދާއަކީ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ ދަށުން މަގާމުތަކުން މީހުން ވަކިކުރުމުގެ ބާރު ރައީސަށް ލިިބިވަޑައިގަންނަވަ އެވެ.
ދުވާފަރު ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އާމިރު ކުއްލިގޮތަކަށް ވަކިކުރިއަަސް އޭނާ ވަޒީފާއަށް ގަވާއިދުން ހާޒިރުނުވާ މައްސަލަ ކުރިން ރައީސް އޮފީހުން ބެލި ކަމަށެވެ. އެތަނުން އެދިގެން ވޭތުވެދިޔަ ދެ އަހަރުގެ ހާޒިރީ ރިޕޯޓެއް ތަންކޮޅެއް ކުރިން އެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާމިރުގެ މައްސަލަ ހެލްތު ސެންޓަރުން ހުށައެއްނާޅަ އެވެ. ކުއްލި ގޮތަށް ވަކިކުރި ސީދާ ސަބަބު އެނގިވަޑައިނުގަތަސް "ޕާޓީގެ އެތެރޭގެ ކަންތައްތަކެއް ހިމެނޭ" ކަމަށް ވާހަކަ ދެކެވޭ ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އާމިރާ ގުޅޭ ޝަކުވާތަކެއް އެ އޮފީހަށް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި އޭނާއާ ދެކޮޅަށް ދުވާފަރުގެ ބައެއް މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ހިމެނެ އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ބޭނުން ސިޔާސީކޮށް ކުރައްވާ ކަމަށް ނަޝީދު ކުރެއްވި ތުހުމަތަށް ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ބޭސްފަރުވާއަަށް ސިންގަޕޫރުގަ އެވެ. ތައިރޮއިޑް އޮޕަރޭޝަނެއް މިދިޔަ ހުކުރު ދުވަހު ކުރައްވައި ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ. އެކަމަކު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން އަދި ނުބުނެ އެވެ.
ނަޝީދު، ރައީސަށް ކުރެއްވި ތުހުމަތުން އެތެރޭގެ އިންތިހާބުގައި ޕާޓީގެ ބައިބައިވުން ބޮޑުވެ ދެ ފެކްޝަނަކަށް ނުކުމެ އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރާ ކަން ރޭ އޮތީ ސާފުވެފަ އެވެ. ކުރިން ވެސް ބެލެވުނު ގޮތުގައި ޗެއާޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯއްދަވަން މަސައްކަތްކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ކާމިޔާބުކުރުން މުހިއްމު އިންތިހާބެކެވެ.
އެމްޑީޕީގައި ނަޝީދުގެ ފަޅިން ނުވަތަ އެމަނިކުފާނާ ގާތްބޭފުޅުންގެ ތާއީދާ އެކު ނުކުމެ ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކުގަ އެވެ.
ރިޔާސީ އިންތިހާބަށް ޕާޓީ ތައްޔާރުވާއިރު، ހުރިހާ ނިންމުންތައް ބިނާވާނެ ޕާޓީގެ އިދާރީ ހިންގުން ބަލަހައްޓަަވާނީ ޗެއާޕާސަން އެވެ. މި އިންތިހާބުގެ ޝެޑިއުލް ކަނޑައެޅީ ކޮންގްރެސްގައި މުހިއްމު ނިންމުންތަކެއް ނިންމަން ހުރި ކަން އިއުލާން ވެސް ކުރުމަށް ފަހު އެވެ.
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
ނަޝީދު އެންމެފަހުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި
ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް: ނަޝީދު
ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނަގާނީ ކޮން ފެކްޝަނެއް؟
ބަރުލަމާނީގެ ވާހަކައެއް މެނިފެސްޓޯއަކު ނެތް: މަބްރޫކް
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ކައުންސިލް އިންތިހާބުން ބަލިވީ ސަރުކާރާ ހެދި: ނަޝީދު