Roadha Mihaaru

ޔުނައިޓެޑް ބައިބައި ވެފައިވާކަމަށް ބުނާ ވާހަކަތަކަށް ރައްދުދެވިއްޖެ: ރަންގްނިކް

ލީޑްސް (21 ފެބްރުއަރީ) - މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންގެ މެދުގައި ބައިބައިވުން އޮތް ކަމަށް ދައްކާ ވާހަކަތަކަށް ރޭ ގެ މެޗު ކާމިޔާބު ކުރުމުން ރައްދު ދެވިއްޖެ ކަމަށް އެޓީމުގެ ކޯޗް ރަލްފް ރަންގްނިކް ބުނެފި އެވެ.

ޔުނައިޓެޑް ބެހޭގޮތުން ދައްކާ ވާހަކަތަކަށް ރައްދުދެވިއްޖެ

ލީޑްސް (21 ފެބްރުއަރީ) - މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންގެ މެދުގައި ބައިބައިވުން އޮތް ކަމަށް ދައްކާ ވާހަކަތަކަށް ރޭ ގެ މެޗު ކާމިޔާބު ކުރުމުން ރައްދު ދެވިއްޖެ ކަމަށް އެޓީމުގެ ކޯޗް ރަލްފް ރަންގްނިކް ބުނެފި އެވެ.

ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗް ކާމިޔާބު ކުރީ 4-2 ންނެވެ. ކެޕްޓަން ހެރީ މެގުއާ، ބުރުނޯ ފެނާންޑޭޒް ފުރަތަމަ ހާފުގައި ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ދެވަނަ ހާފުގައި ރޮޑްރިގޯ އާއި ރަފީނިއާ ޖެހި ދެލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ އެކަމަކު ފްރެޑް އަދި ޒުވާން ފޯވާޑް އެންތޮނީ އެލަންގާ ޖެހި ދެލަނޑުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ޔުނައިޓެޑްގެ ކެޕްޓަން ބޭންޑާ މެދު އެކްލަބްގެ ކުޅުންތެރިންގެ މެދުގައި ހިޔާލުތަފާތުވުން އޮތް ކަމަށް މިދިޔަ ހަފުތާގައި ވާހަކަ ދެކެވުނެވެ. މެގުުއާ އަތުން ކެޕްޓަން ބޭންޑް ނަގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކެޕްޓަން ބޭންޑް ދޭން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ.

ރޭގެ މެޗަށް ފަހު ރަންގްނިކް ބުނީ ރޭގެ މެޗުން ކާމިޔާބުވުމަކީ އެހުރިހާ ވަހަކަތަކަށް ދެވުނު އެންމެ ރަނގަޅު ރައްދުކަމަށެވެ.

"އަހަރެމެންގެ ޓީމުގައި ބަދަހި ކަމާއި އެކުވެރިކަން އޮތްކަން ވަރަށް ބޮޑަށް މެޗުން ހާމަކޮށްދީފި. އަހަރެމެންގެ ޗޭޖިން ރޫމްގައި ވެސް ހިޔާލުތަފާތުވުން އޮތް ކަމަށް ދައްކާ ވާހަކަތަކަށް ދެވޭނެ އެންމެ ރަނގަޅު ރައްދަކީ މިއީ،" އިންޓަރިމް ކޯޗްގެ ގޮތުގައި ޔުނައިޓެޑްގައި މަސައްކަތް ކުރަމުން އަންނަ ރަންގްނިކް ބުންޏެވެ.

"މިދިޔަ ހަފުތާގައި މީޑީއާގައި ދައުރުވަމުން ދިޔަ ބައެއް ލިޔުންތަކަށް ދެވޭނެ އެންމެ ރަނގަޅު ރައްދަކީ މިއީ. ހުރިހާ ވާހަކަތަކަށް ޓީމަކުން ދޭނެ އެންމެ ރަނގަޅު ރައްދު މިދިނީ."