08 ފެބުރުއަރީ 2022
ޑޭޓިން އެޕެއް ކަމަށްވާ "ޓިންޑާ" ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މީހެއްގެ ވާހަކަ ކިޔައިދޭ ކްރައިމް ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓިންޑާ ސްވިންޑްލާ"، ނެޓްފްލިކްސް އިން ގެނެސްދިނުމާ އެކު އެ އެޕްގެ އަގު ވެއްޓި، މުޅި ދުނިޔެ އަށް ބޭޒާރުވެއްޖެ އެވެ.
ޑޭޓިން އެޕެއް ކަމަށްވާ "ޓިންޑާ" ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މީހެއްގެ ވާހަކަ ކިޔައިދޭ ކްރައިމް ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓިންޑާ ސްވިންޑްލާ"، ނެޓްފްލިކްސް އިން ގެނެސްދިނުމާ އެކު އެ އެޕްގެ އަގު ވެއްޓި، މުޅި ދުނިޔެ އަށް ބޭޒާރުވެއްޖެ އެވެ.
"ޓިންޑާ ސްވިންޑްލާ" ގައި ދައްކަނީ އިޒުރޭލުގެ ސައިމަން ހަޔުތު ކިޔާ ފިރިހެނަކު، "ޓިންޑާ" ބޭނުންކޮށްގެން ތިން އަންހެނެއްގެ އަތުން ފައިސާ ފޭރިގަންނަ ގޮތުގެ ތަހުގީގެކެވެ. ސައިމަން އެ އެންމެންގެ އަތުން ފައިސާ ހޯދަނީ އޭނާ އަކީ، އިޒުރޭލުގައި ޖަވާހިރުގެ ވިޔަފާރިގައި މަޝްހޫރު މަހުޖަނެއް ކަމަށްވާ ލެވް ލެވިއެވްގެ ދަރިއެއް ކަމަށް ބުނެ އެވެ.
އޭނާ އުޅެނީ މުއްސަނދި ދިރިއުޅުމެއް ކަމަށް ދެއްކުމަށް ޕްރައިވެޓް ޖެޓްތަކާއި ލަގްޒަރީ ހޮޓެލްތަކަށް އެމީހުން ގެންގޮސް މަޖުބޫރު ކުރަނީ ބޮޑެތި އަދަދުތަކުގެ ފައިސާ ދިނުމަށެވެ. އަދި ކޮންމެ ފަހަރަކު ފައިސާ ހޯދަން އުޒުރެއްގެ ގޮތުގައި އޭނާ ބުނަނީ ދުޝްމަނުންގެ ކިބައިން ފުރާނަ ސަލަމާތްކުރެވެނީ އެ ފައިސާ ލިބިގެން ކަމަށެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން "ޓިންޑާ" ހޫނު ފެނަށް ވެއްޓުނީ، މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން މި ޑޮކިއުމެންޓްރީ ސްޓްރީމް ކުރެވޭ ގޮތް ހެދިއިރު ވެސް، ސައިމަންގެ އެކްޓީވް އެކައުންޓެއް ޓިންޑާގައި އޮތުމުންނެވެ. އެ އެޕަށް އާންމުންގެ ފާޑުކިޔުން ބޮޑުވެ، ޑޮކިއުމެންޓްރީ ނިކުތްތާ 48 ގަޑިއިރުގެ ތެރޭގައި އެ އެޕަށް އޭނާ އަށް ނުވަދެވޭ ގޮތަށް ހަދައި، ޓިންޑާ އިން ވަނީ އެކަން އިއުލާންކޮށްފަ އެވެ.
މުޅި ދުނިޔޭގައި ވެސް މަޝްހޫރު މި ޑޭޓިން އެޕްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
"ޓިންޑާ" އިން އޭނާ ބޭރުކުރި އިރު، މި 114 މިނެޓުގެ ޑޮކިއުމެންޓްރީ ސްޓްރީމް ކުރަން ފެށި އިރު، އޭނާގެ އެކްޓީވް އިންސްޓަގްރާމް އެކައުންޓް ވެސް އިނެވެ. އޭގެން ވެސް މިހާރު އޭނާ ވަނީ ނެރަލައިފަ އެވެ.
އޮޅުވާލައިގެން އެކި މީހުން އަތުން ފައިސާ ފޭރުނު މައްސަލައިގައި، ސައިމަން ފިލައިގެން އުޅެނިކޮށް އިންޓަޕޯލުން އޭނާ ހޯދާއި، 2019 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ 15 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، ބޮޑު އަދަދަކުން ޖޫރިމާ ވެސް ކުރި އެވެ. އެކަމަކު އެ ހުކުމަށް ފަހު، އޭނާ ޖަލުގައި ހުރީ އެންމެ ފަސް މަސް ދުވަހު އެވެ.
ނެޓްފްލިކްސް އިން މިހާރު އަންނަނީ މި ޑޮކިއުމެންޓްރީ އަށް ފީޗާ ފިލްމެއް ހަދަން މަޝްވަރާ ކުރަމުންނެވެ.
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
"ދަ ރޯޝަންސް" ނެޓްފްލިކްސް އަށް އަންނަނީ
ޑެޕާއި ހާޑްގެ ޑޮކިއުމެންޓްރީ ނެޓްލްފިކްސްއަށް
އާނޯލްޑްގެ ހަޔާތަށް ހަދާ ޑޮކިއުގެ ޓްރެއިލާ ނެރެފި
މެލޭޝިއާ އެއާލައިންގެ ގެއްލުނު ބޯޓަށް ޑޮކިއުމެންޓްރީއެއް
ނެޓްފްލިކްސްއަށް އެންމެން ފައިސާ ދައްކަންޖެހޭގޮތް ހަދަނީ
ކަންޔޭގެ ޑޮކިއުމަންޓަރީއެއް އަންނަ މަހު
އަންހެނުންތަކެއް ވިއްކަން ޖެހި އިންޑިއާ މީހަކު ހައްޔަރު
ކޮވިޑާ ގުޅޭ ޑޮކިއުމަންޓަރީއެއް ނެޓްފްލިކްސް އަށް
ނެޓްފްލިކްސް އަށް ބްރިޓްނީގެ އާ ޑޮކިއުމަންޓަރީއެއް