01 ފެބުރުއަރީ 2022
ސްރީ ލަންކާގައި ތައުލީމް ހާސިލްކުރާ އުމުރުން 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންގެ ވިސާ ފީ މާފުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ގޮތަށް އެކަން ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު މިއަދު ލަންކާގެ އާ ސަފީރަށް ދަންނަވައިފި އެވެ.
ސްރީ ލަންކާގައި ތައުލީމް ހާސިލްކުރާ އުމުރުން 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންގެ ވިސާ ފީ މާފުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ގޮތަށް އެކަން ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު މިއަދު ލަންކާގެ އާ ސަފީރަށް ދަންނަވައިފި އެވެ.
ދިވެހިންނަށް ލަންކާ އިން ވިސާ ފީ ލުއިކޮށްދިނުމަށް ސަރުކާރުން ހުށަހެޅީ މިދިޔަ އަހަރު، ލަންކާ އިން ވިސާ ފީތައް ބޮޑުކުރުމާ ގުޅިގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުން ވަނީ ސްޓޫޑެންޓް ވިސާ، މެޑިކަލް ވިސާ، ޑިޕެންޑެންޓް ވިސާ އަދި އެމްޕްލޯއިމަންޓް ވިސާ ފީ ވެސް ބޮޑުކޮށްފަ އެވެ.
ލަންކާ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަގާމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް ވިދާޅުވީ ވިސާ ފީ މާފުކޮށްދީފި ނަމަ އެކަމުގެ ސަބަބުން ދިވެހި އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިގްތިސާދީ އަދި ތައުލީމީ ދާއިރާ އިން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި ދެ ގައުމުގެ އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލަންކާ އަކީ ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން އުޅޭ ގައުމެވެ. އެ ގައުމާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކުރީ ޖުލައި 26، 1965 ގަ އެވެ. އެއީ މިނިވަންކަން ލިބުނު ދުވަހު، އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ގައުމެވެ.
ދައުރު ނިމޭއިރު ކޭމްޕު ދާނެ ރަށެއް އޮންނާނެ: ރައީސް
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް
ތިން މާއްދާއިން އޭ ސްޓާ ހޯދައިގެން ސްކޮލަޝިޕެއް
ސްޓޫޑަންޓް ލޯންގެ ތަކުލީފް ކުޑަކޮށްދިނުމުގެ އިޝާރާތެއް
ފޭދޫގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ސްކޫލު: ރައީސް
ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
މަޖީދިއްޔާއަކީ ދިވެހިންގެ ޝަރަފުގެ ރަމްޒެއް: ރައީސް
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"