Roadha Mihaaru
ފުވައްމުލަކުގެ ކުރީގެ މޭޔަރަށް ޑެޕިއުޓީ މިނިސްޓަރުކަން

ފުވައްމުލަކުގެ ކުރީގެ މޭޔަރަށް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުކަން

17 ޖެނުއަރީ 2022

ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފުވައްމަލުކަގެ މޭޔަރުކަމުގެ އިތުރުން، ޏ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ފަލާހު، ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ފަލާހާއެކު މިހާރު އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަނީ ޕްލޭނިން މިނިސްޓްރީގަ އެވެ. އެއީ ހަތް ޑެޕިއުޓީ މިނިސްޓަރެކެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ އަސާސީ މުސާރާއިގެ ގޮތުގައި 20،500ރ. އާއި 15،000ރ. ގެ އެލަވަންސެކެވެ.

މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު އުޅެނީ 300 އިން މަތީގަ އެވެ.