14 ޑިސެމްބަރ 2016
މި އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ހިއްސާގެ ފައިދާ ބަހަން އަމާނާ ތަކާފުލް އިން ނިންމައިފި އެވެ.
މި އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ހިއްސާގެ ފައިދާ ބަހަން އަމާނާ ތަކާފުލް އިން ނިންމައިފި އެވެ.
ސްރީ ލަންކާގެ އަމާނާ ތަކާފުލް އިން ރާއްޖޭގައި ހިންގާ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހޭދަވި މުއްދަތަށް، ހިއްސާއެއްގެ މޫނު މަތީ އަގުގެ ފަސް ޕަސެންޓް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ވަނީ ހުށަހަޅައިފަ އެވެ.
އެ ގޮތަށް ނިންމީ، އަމާނާ ތަކާފުލް އިން ބުނި ގޮތުގައި، އެ މުއްދަތުގައި ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދާފައިވާތީ އެވެ. އެ ގޮތުން، ކުންފުނީގެ ފައިދާ 32 ޕަސެންޓް އިތުރުވެ، 3.1 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، އިންޝުއަރެންސް ކްލޭމްގެ ގޮތުގައި 25.9 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރި އެވެ.
މި އަހަރު ފުރަތަމަ ފަހަރަށް ހިއްސާގެ ފައިދާ ބަހަން ނިންމި އިރު ވެސް، އަމާނާ ތަކާފުލް އިން ހުށަހެޅީ ހިއްސާއެއްގެ އަގުގެ ފަސް ޕަސެންޓް ހިއްސާދާރުންނަަށް ބެހުމަށެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި މިންވަރު ފާސްކުރާނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ އަހަރީ އާއްމު ޖަލްސާގަ އެވެ.
އަމާނާ ތަކާފުލް އަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏެކެވެ. މީގެ އިތުރުން، އެ ކުންފުނިން ވަނީ މިދިޔަ މަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ޕަސެންޓް ހިއްސާ ވެސް ގަނެފަ އެވެ.
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް
އެމްޕީއެލްގެ އޭޖީއެމް ބާއްވައިފި
އެކައުންޓް ރަޖިސްޓްރީކުރުމުން ފައިދާ ޖަމާވާނެ: އެސްޓީއޯ
އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި
ދިރާގުން ހިއްސާއަކަށް 12ރ. ބަހަން ހުށަހަޅަނީ
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރުން ބުރާސްފަތި ދުވަހު
ދިރާގުން ހިއްސާދާރުންނަށް 452 މިލިއަން ރުފިޔާ ބަހަނީ
އަމާނާ ތަކަފުލް އިން ސާޕްލަސް ފައިސާ ބަހަނީ
އުރީދޫގެ ހިއްސާ ވިއްކަން ފަށައިފި