Roadha Mihaaru
އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ނަމާލް ރާއްޖެއަށް

އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ނަމާލް ރާއްޖެއަށް

25 ޑިސެމްބަރ 2021

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރަން ސްރީ ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރަން ސްރީ ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން އޭނާ އާއި ނަމާލަށް ދައުވަތު ދެއްވި ކަމަށްޓަކައި އުއްޗުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ނަމާލް ރާއްޖެ ވަޑައިގަތީ ކޮން އިރަކު ކަމެއް މަހްލޫފް ހާމައެއް ނުކުރައްވަ އެވެ.

ޔޫތު މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓް

އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ނަމާލް ރާއްޖެ ވަޑައިގަތްއިރު އުއްޗުގެ ޗަމްޕާ ބްރަދާސްއިން ތަރައްގީކުރި ޅ. މަޑިވަރު އެއާޕޯޓްގައި މިއަދު ވަނީ ޓެސްޓް ފްލައިޓް ވެސް ޖައްސައިފަ އެވެ. އެ ރަސްމިއްޔާތުގައި ވެސް މަހްލޫފް ބައިވެރިވެ ވަޑައިގަތެވެ.

އުއްޗުގެ އުފަން ދުވަހަށް ނަމާލް ރާއްޖެ ވަޑައިގަތްއިރު، އޭނާ ކުރިން ވެސް ވަނީ ރާއްޖެއަށް އެކި ދަތުރުތަކުގައި ވަޑައިގެންފަ އެވެ.

ނަމާލަކީ ލަންކާގެ މިހާރު ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޕަޖަކްސަގެ ދަރިކަލުންނެވެ. ލަންކާގެ މިހާރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަކީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ އެވެ.