20 ޑިސެމްބަރ 2021
މިދިޔަ މަހު ރާއްޖެ އެތެރެކުރި 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން އަންހެން މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހު ރާއްޖެ އެތެރެކުރި 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން އަންހެން މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހު، ލަގެޖްގައި ފޮރުވައިގެން އެތެރެކުރި 18 ކިލޯގެ ކޮކެއިން އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ބްރެޒިލް ދެ މީހުންގެ ތެރެއިން އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ފަހު މިމަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހާއާ އެކު ރާއްޖެ އައި ދެވަނަ މީހާގެ ލަގެޖުން މަސްތުވާތަކެތި ފެނުނަސް، އޭނާ 29 ދުވަސް ވަންދެން ބަންދުގައި ބެހެއްޓިއިރު ފުލުހުންނަށް އިތުރު ހެއްކެއް ހޯދިފައިނުވާ ކަމަށެވެ. އަދި އެ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށް ދެވަނަ މީހާ ބުނާއިރު، އެކަމަށް ދައުލަތުން ވެސް އިންކާރު ނުކުރާ ކަމަށާއި އޭނާ އަލުން ބަންދުކޮށްގެން، ހާސިލްކުރަން ބޭނުންވާ ކަމެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މީހާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދައުލަތުން ބުންޏަސް، އެފަދަ ކަމެއް އޮތްކަން ދައުލަތުން ބުނެދޭންޖެހޭނެ ކަމަށެވެ. އެހެންވެ، އޭނާ ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުމަށް ގޯސް ކަމަށް ބެލެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.
ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 90 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.
ފަހަކަށް އައިސް ބޮޑެތި އަދަދުތަކުން ރާއްޖޭގައި ދަނީ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. ދާދިފަހުން 119 ކިލޯގެ މަސްތުވާތަކެތި މާލެއިން އަތުލައިގަތްއިރު، މިދިިޔަ ދެތިން މަހު އެކަނި ވެސް އިތުރު 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ދެ ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ދޫކޮށްލީ ގޯސްކޮށް
119 ކިލޯ ޑްރަގް:ފޯނު ހުޅުވަން އަމުރު ނުދިނުން ގޯސް
"ޑްރަގް މައްސަލާގައި ފަސް މީހުން ދޫކޮށްލީ ގޯސްކޮށް"
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި