މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އަންކިތާ ލޯކަންދޭ ކައިވެނިކޮށްފި އެވެ.
16 ޑިސެމްބަރ 2021
މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އަންކިތާ ލޯކަންދޭ ކައިވެނިކޮށްފި އެވެ.
އަންގާރަ ދުވަހު ހަވީރު މުމްބާއީގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި އޭނާ ކައިވެނިކުރީ ސުޝާންތާ ވަކިވި ފަހުން ލޯބީގެ ގޮތުން ގުޅުނު ވިކީ ޖެއިންއާ އެވެ. އަންކިތާ އާއި ވިކީގެ ކައިވެނީގެ ރަސްމީ ހަފުލާ އަންގާރަ ދުވަހު ބޭއްވުމާ ހަމައަށް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ކައިވެންޏާ ގުޅުން ހުރި އެކިއެކި ހަރަކާތްތައް ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާ އެކީ ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އެވެ.
ވިކީއާ އަންކިތާ ކައިވެނިކުރި އިރު، އޭނާ އާއި ސުޝާންތު ދިމާވެ ލޯބީގެ ގޮތުން ގުޅުނީ ދެ މީހުން އެކީގައި ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ކުޅުނު ދުވަސްވަރު އެވެ. އެކްތާ ކަޕޫރްގެ އެ ސިލްސިލާ އަކީ 2009-2014 އަށް ގެނެސްދިން އެއްޗެކެވެ.
ނަމަވެސް ސުޝާންތަށް ބޮލީވުޑުން ފުރުސަތުތައް ލިބެން ފެށުމުން އޭނާ އެއިން ވަކިވެ ބޮލީވުޑަށް ނުކުތީ 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ. އެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އަޔޫޝްމަން ކްރާނާގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރް ހެދި ފިލްމެކެވެ.
އަންކިތާ އާއި ސުޝާންތު ވަކިވީ ދެ ތަރިން 2016 ވަނަ އަހަރު ކައިވެނި ކުރަން ވެސް ތައްޔާރުވަމުން ދަނިކޮށެވެ. އޭގެ ފަހުން ސުޝާންތުގެ ފިލްމު 2017 ގެ "ރާބްތާ" ގެ ބަތަލާ ކްރިތީ ސެނަންއާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
އެކަމަކު މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ގައި އޭނާ އަމިއްލަ އަށް ދަންޖެހިގެން މަރުވި އިރު، ރައްޓެހިވެގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީއާ އެވެ. ސުޝާންތު މަރުވުމާ ގުޅިގެން އޭނާ އަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން "ޕަވިތުރަ ރިޝްތާ" ގެ ވެބް ސީރީޒެއް މި އަހަރު އެކްތާ ކަޕޫރް ގެނެސްދިނެވެ. އޭގައި އަންކިތާއާ އެކު ބަތަލުގެ ރޯލު ކުޅުނީ ޝަހީރު ޝައިހެވެ. އަންކިތާ އަކީ މިހާރު ފިލްމުތަކުން ވެސް ފެންނަ ބަތަލާއެކެވެ.
އެގޮތުން ޓައިގާ ޝްރޮފްގެ "ބާގީ 3" އާއި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގައި މަސައްކަތް ކޮށްފައިވެ އެވެ.
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
އެކްޓަރު މޯހިތު ކައިވެނިކޮށްފި
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ޝިލްޕާގެ ކައިވެނީގެ ފޮޓޯ އަލުން ސޯޝަލް މީޑިއާއަށް