Roadha Mihaaru
"ޓައިމް" ގެ އަހަރުގެ ޝަހުސިއްޔަތަށް އީލޮން

"ޓައިމް" ގެ އަހަރުގެ ޝަހުސިއްޔަތަށް އީލޮން

15 ޑިސެމްބަރ 2021

އެމެރިކާގެ "ޓައިމް" މަޖައްލާ އިން މި އަހަރުގެ ޝަހުސިއްޔަތުގެ މަގާމު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކަށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ "ޓައިމް" މަޖައްލާ އިން މި އަހަރުގެ ޝަހުސިއްޔަތުގެ މަގާމު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކަށް ދީފި އެވެ.

އޭނާ އަށް އެ މަގާމު ދިން އިރު، އީލޮން، 50، އަކީ އޭނާގެ ވިޔަފާރިން މި އަހަރުގެ ތެރޭގައި އިތުރު ބޮޑު ކުރިއެރުމެއް ހޯދި މީހެއްގެ އިތުރުން އެކި ކަންކަމާ ގުޅޭ ގޮތުން މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވުނު މީހެކެވެ.

ފުރަތަމަ ފަހަރަށް ދުނިޔޭގެ މަހުޖަނެއްގެ އަމިއްލަ މިލްކިއްޔާތު 300 ބިލިއަން ޑޮލަރު ފަހަނަޅައި ދިއުމުގެ ރެކޯޑާއި އަމިއްލަ ކުންފުނި ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަށް ވުމާއި އެ ކުންފުނީގައި އޮތް އަމިއްލަ ހިއްސާގެ ތެރެއިން އެތައް ހިއްސާއެއް ވިއްކާލުން ފަދަ ކަންކަމަކީ މި އަހަރުގެ ތެރޭގައި މީޑިއާތަކުގައި އީލޮންގެ ސުރުހީތައް އެޅުނު ކަންކަމެވެ.

މީގެ އިތުރުން ކްރިޕްޓޯކަރަންސީ އަށް ވަކާލާތު ކުރުމާއި އެޕަލް އަށް ޓެސްކާ ވިއްކަން ހުށަހެޅި ވާހަކަ އާއި އެމެރިކާ އިން އަލުން ހަނދަށް ދާން ކުރިއަށް ގެންދާ "އާޓެމިސް ޕްރޮގްރާމް" އަށް ބޭނުންވާ އުޅަނދު ބަނުމުގެ މަޝްރޫއު އީލޮންގެ ސްޕޭސް އެކްސް އަށް ލިބުމާއި އެ ކުންފުނީގެ ދަށުން ކުރިއަށް ގެންދާ އިންޓަނެޓް ވިއުގަ، ސްޓާލިންކްގެ ހިދުމަތް ޕްރީ-އޯޑަރަށް ހުޅުވައިލުން ފަދަ ކަންކަމަކީ ވެސް އީލޮންއާ ބެހޭ ގޮތުން މި އަހަރު ދެކެވުނު ބައެއް ވާހަކަތެކެވެ.

"ޓައިމް" އިން އަހަރުގެ ޝަހުސިއްޔަތަކަށް އޭނާ ހޮވުމަށް ފަހު ބުނެފައި ވަނީ ދެކުނު އެފްރިކާ އަށް އުފަން ވިޔަފާރިވެރިޔާ އަކީ އާދައިގެ މީހެއް ނޫން ކަމަށެވެ. އަދި އީލޮންގެ ހަޔާތުން ލިބޭ ފިލާވަޅަކީ ދިރިއުޅުމުގައި ގޮންޖެހުންތަކާ އެކީގައި ވެސް މަސައްކަތްކުރާ ނަމަ ކޮންމެ ކަމެއް ވެސް ހާސިލު ވާނެކަން ކަމަށެވެ.

އާންމުކޮށް ދައްކާ ވާހަކަތަކުގައި މާ ބޮޑު ސީރިއަސް ކަމެއް ނުގެންގުޅުނަސް، އީލޮން ފާހަގަކުރެވެނީ ކުރަން ދިމާކުރާ ކަމެއް ނަމަ ހާސިލު ކޮށްފައި ނޫނީ ހުއްޓާ ނުލާ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. އީލޮންގެ މިލްކިއްޔާތަކީ މިހާރު 297 ބިލިއަން ޑޮލަރެވެ.