09 ޑިސެމްބަރ 2021
ދުވުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަސްރަތެކެވެ. ކޮންމެ ދުވަހަކު ދުވާ މީހަކަށް ސިއްހީ ގޮތުން އެތައް ފައިދާއެއް ވެސް ލިބެ އެވެ. ދުވުމުން ހިތާއި ކަށި އަދި މަސަލްސް ވަރުގަދަކޮށްދޭއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެއް ހަމައެއްގައި ހިފެހެއްޓުމަކީ ވެސް މިކަމުގެ ސަބަބުން ލިބޭ ފައިދާއެކެވެ. އެހެންވެ، ސޮނީ ސްޕޯޓްސްގެ މިއަހަރުގެ ކެމްޕޭން ވެސް ހާއްސަކުރީ ދުވުމަށެވެ.
ދުވުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަސްރަތެކެވެ. ކޮންމެ ދުވަހަކު ދުވާ މީހަކަށް ސިއްހީ ގޮތުން އެތައް ފައިދާއެއް ވެސް ލިބެ އެވެ. ދުވުމުން ހިތާއި ކަށި އަދި މަސަލްސް ވަރުގަދަކޮށްދޭއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެއް ހަމައެއްގައި ހިފެހެއްޓުމަކީ ވެސް މިކަމުގެ ސަބަބުން ލިބޭ ފައިދާއެކެވެ. އެހެންވެ، ސޮނީ ސްޕޯޓްސްގެ މިއަހަރުގެ ކެމްޕޭން ވެސް ހާއްސަކުރީ ދުވުމަށެވެ.
"ރިބޫޓް، ރިސްޓާޓް" ގެ ނަމުގައި ސޮނީ ސްޕޯޓްސް އިން ފަށާފައިވާ މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ އަލުން ދުވަން ފެށުމަށް ހިތްވަރު ދިނުމެވެ. އެ މީހަކަށް ވާވަރަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުވުމެވެ. އެކި ސަބަބުތަކާ ހުރެ ދުވުން މެދުކަނޑާލާފައި ތިބި މީހުން ދުވުމަށް ބާރު އެޅުމަކީ މި ކެމްޕޭން މެދުވެރިކޮށް ސޮނީ ސްޕޯޓްސް އިން ހާސިލްކުރަން ބޭނުންވާ ގޯލެވެ.
ދުވަން ފެށުމަށް ފަހު އެކި ސަބަބުތަކާހުރެ މެދުކެނޑާލަން ޖެހޭ ފަހަރު ވެސް އާދެ އެވެ. ނަމަވެސް މިއީ މައްސަލައެއް ނޫނެވެ. އަލުން ފަށަންވީ އެވެ. ކިތަންމެ ގިނަ ފަހަރަކު ވެސް އަލުން ފަށަންވީ އެވެ. މިއީ ސޮނީ ސްޕޯޓްސްގެ މި ކެމްޕޭނުގެ ދަށުން އާއްމުނަށް ދޭން ބޭނުންވާ މެސެޖެވެ.
އެ ކުންފުނިން އެދެނީ ކޮންމެ މީހަކު ވެސް ދުވާލަކު އެއްފަހަރު، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުވެލުމެވެ. ވަގުތު ނުލިބޭ ކަމަށް ބުނުމާއި ތަފާތު ބަހަނާތައް ދެއްކުން ހުއްޓާލައި އަމިއްލަ ސިއްހަތާ މެދު ވިސްނުމަށް އެ ކުންފުނިން އިލްތިމާސް ކުރެ އެވެ.
މީހަކު ބޫޓަށް އަރަނީ: ސޮނީ ސްޕޯޓްސް އިން ބޭނުންވަނީ ކޮންމެ މީހަކުވެސް ދުވާލަކު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދުވެލަން---
ސޮނީ ސްޕޯޓްސް އަކީ ކުޅިވަރާ ގުޅުންހުރި ތަފާތު ސާމާނު ރާއްޖެއަށް އެތެރެ ކުރާ ކުންފުންޏަކަށްވާއިރު އެ ކުންފުނީގެ ހުރިހާ ކެމްޕޭނެއް ވެސް ހާއްސަ ކުރަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމަށެވެ.
ދުވުމަށް ބާރު އެޅުމަށް ހާއްސަ ކެމްޕޭނެއް އެ ކުންފުނިން ފަށާފައިވާއިރު ދުވާއިރު ބޭނުންވާ ސާމާނު ވެސް ސޮނީ ސްޕޯޓްސް ފިހާރަތަކުން ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޑިޑާސް އާއި ނައިކީގެ ބޫޓުތަކަކީ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާޝިޕްގެ ދަށުން އެ ކުންފުނިން ރާއްޖޭގައި ވިއްކަމުން އަންނަ ބޫޓުތަކުވެ. އެ ކުންފުނިން ވަނީ މި ކެމްޕޭނަށް ހާއްސަ ކެޓަގަރީއެއް ވެސް އޮންލައިން ސްޓޯރުގައި ހަދައިފަ އެވެ.
ރީބޫޓް، ރީސްޓާޓް ކެމްޕޭނާ ގުޅުވައިގެން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް--
ސޮނީ ސްޕޯޓްސް އިން ލިބެން ހުންނަ އެޑިޑާސް އަދި ނައިކީ ބޫޓުތަކަކީ ދުވާއިރު ފަޔަށް ފަސޭހަ އަދި ކޮލިޓީ ރަނގަޅު ބޫޓުތަކެކެވެ. ދުވާއިރު ފަޔަށް ހެޔޮވަރު އަދި ފަސޭހަ ބޫޓެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކޮންމެ ބޫޓަކަށް އަރައިގެން ދުވުމުގެ ސަބަބުން ފައި ހަލާކުވުމާއި ފައިގައި ރިއްސުން ފަދަ ކަންކަން ވެސް ދިމާވެ އެވެ.
ސޮނީ ސްޕޯޓްސް އިން ބޫޓެއް ގަތުމުގެ ކުރިން އެ މީހެއްގެ ފަޔާ އެންމެ ގުޅޭނެ އަދި އެމީހަކަށް އެންމެ ފަސޭހަވާނެ ބޫޓުތައް ވެސް ބެލޭނެ އެވެ.
Reboot Restart
Take a deep breath in, take that first step. Today is the day to reboot yourself. Start Running.
Sonee Sports
ސޮނީ ސްޕޯޓްސްގެ ވެބްސައިޓުގެ ރީބޫޓް، ރީސްޓާޓް ކެމްޕޭނަށް ހާއްސަ ބައި--
މި ކެމްޕޭނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ސޮނީސްޕޯޓްސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާއްމުންނަށް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. މި ކެމްޕޭން ކުރިއަށްދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.
12 އަހަރުގެ ކުއްޖަކު 5 ކިލޯމީޓަރަށް 16 މިނެޓުން
ކިޔަވާ ކުދިންގެ ސާމާނު ގަންނަންވީ ސޮނީ ސްޕޯޓްސް އިން
ކަސްރަތުކުރާ އިރު އެކަށީގެންވާ ހެދުންލުން މުހިއްމު!
ޒުވާން މޯޑު: ހިތްވަރު އެބަހުރި، ނަތީޖާ އެބަ ނެރޭ!
ދުވާ ހިތް ނުވިޔަސް އެއް ވަނަ: މަރީގެ ހިތްވަރު
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި