Roadha Mihaaru
މިކްސް ޑަބަލްސްގެ ފައިނަލަށް ޝަރީފް އާއި ފަޒްނާ

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: މިކްސް ޑަބަލްސްގެ ފައިނަލަށް ޝަރީފް އާއި ފަޒްނާ

08 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލަށް މުހައްމަދު ޝަރީފް އާއި ފަޒްނާ މޫސާ ދަތުރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލަށް މުހައްމަދު ޝަރީފް އާއި ފަޒްނާ މޫސާ ދަތުރުކޮށްފި އެވެ.

މިކްސް ޑަބަލްސް އިވެންޓްގައި ފަޒްނާ އާއި ޝަރީފް ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެ ޕެއާ ފައިނަލްގެ ޖާގަ ޔަގީންކުރީ އަލީ ފަޔާޒު އާއި ސިންގަލްސް ޗެމްޕިއަން ދީނާ އަހުމަދުގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ޝަރީފް އާއި ފަޒްނާގެ ޕެއާ މެޗު ކާމިޔާބުކުރީ 5-2 ފްރޭމުންނެވެ.

ޝަރީފް އާއި ފަޒްނާގެ ޕެއާ ކުރިން ކުޅުނު މެޗުތަކުގައި އައިޝަތު އުރައިބާ އާސިފް އާއި އަހްމަދު އިޔާދު ސައީދުގެ ޕެއާގެ މައްޗަށް ކުރި ހޯދީ 5-3 ފްރޭމުންނެވެ.

ފައިނަލުގައި ފަޒްނާ އާއި ޝަރީފްގެ ޕެއާއާ ދެކޮޅަށް ނުކުންނާނެ ޕެއާއެއް އެނގޭނީ މިއަދު ހަވީރު ކުޅޭ މެޗުތަކުންނެވެ. މިއަދުގެ ފުރަތަމަ މެޗުގައި އާމިނަތު އަޒްރާ އާއި ހުސައިން ޝާޒް މުހައްމަދުގެ ޕެއާ އާއި އާމިނަތު ހަލީމް އާއި ޔޫސުފް ޒުބައިރުގެ ޕެއާ ކުޅޭ މެޗުން މޮޅުވާ ޕެއާއެއް ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ. ސެމީ ފައިނަލްގައި އެ ޕެއާ އާ ދެކޮޅަށް ނުކުންނާނީ އަލީ ފަޔާޒު އާއި ދީނާގެ ޕެއާ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީން މޮޅުވާ ޕެއާ އަކަށެވެ.

ފުރަތަަ ފަހަރަށް ބާއްވާ ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓްތައް މިހާރު ވަނީ ނިމިފަ އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެއެވެ. ފައިނަލްގައި އޭނާ ކާމިޔާބު ހޯދީ މުހައްމަދު ސާހިލް ހަމީދު، 11-7 ފްރޭމުން ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދީނާ ހޯދީ ފައިނަލްގައި އަޒްރާގެ މައްޗަށް 7-4 ފްރޭމުން ކުރި ހޯދައިގެންނެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދު އެވެ. ފައިނަލްގައި އޭނާއާ ވާދަކޮށް އަލީ ޝާވިން ބަލިވީ 11-7 ފްރޭމުންނެވެ.