Roadha Mihaaru
ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: އަޒްރާ ނުހުއްޓުވުނު!

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: އަޒްރާ ނުހުއްޓުވުނު!

04 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ، ގައުމީ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގައި އާނިމަތު އަޒްރާ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޓޮޕް ފޯމްގައި ދަމަހައްޓައިފި އެވެ.

މިހާރު ކުރިއަށްދާ، ގައުމީ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގައި އާނިމަތު އަޒްރާ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޓޮޕް ފޯމްގައި ދަމަހައްޓައިފި އެވެ.

ގައުމީ ރޭންކިންގެ އަށް ވަނައިގައި ދަމަހައްޓަމުން އަންނަ އަޒްރާ ވަނީ އޭނާ އަށް ވުރެ ރޭންކިންގެ ކުރީގައި އުޅޭ ކުޅުންތެރިން ބަލިކޮށްފަ އެވެ. ރޭ އޭނާ ކުޅުނު ފުރަތަމަ މެޗުގައި، ރާއްޖޭގެ ރޭންކިންގެ ދެވަނަ އާމިނަތު ހަލީމްގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ފަސް ފްރޭމުންނެވެ. ރޭ އޭނާ ކުޅުނު ދެވަނަ މެޗުގައި މަރްޔަމް ހުދުނާ ބަލިކުރީ ފަސް ފްރޭމް ތިން ފްރޭމުންނެވެ.

މުބާރާތުގައި އަޒްރާ ކުޅުނު ފުރަތަމަ މެޗުގައި، ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ރޭންކިންގެ ހަތް ވަނަ އައިޝަތު އަލީގެ މައްޗަށް ކާމިޔާބު ހޯދީ ފަސް ފްރޭމް ދެ ފްރޭމުންނެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގައި އަންހެން ޑިވިޝަނުން ފެނުނު އެންމެ ބޮޑު ހައިރާން ކަމަކީ ރާއްޖޭގެ ރޭންކިންގެ އެއްވަނަ އާމިނަތު ފާތީ މުބާރާތުން ކަޓައިގެން ދިއުމެވެ. ހަތަރު މެޗު ކުޅުނު އިރު އޭނާ ވަނީ ދެ މެޗުން ބަލިވެފަ އެވެ.