03 ޑިސެމްބަރ 2021
ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އިންޑިއާ ކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު "ރަހީނުވާތަން" ފެނުމަކީ ހިތަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އިންޑިއާ ކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު "ރަހީނުވާތަން" ފެނުމަކީ ހިތަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ނޮވެމްބަރު، 28، 2019 ގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބާތިލްކުރުމުން އެކަމުގެ އުފަލުގައި "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި އިދިކޮޅުން ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އެއްވެސް ގައުމެއްގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުން ގަބޫލު ނުކުރެއްވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ބައްޓަން ކުރަން ޖެހޭނީ މަލްޓިލެޓަރިޒަމްގެ ދަށުންނެވެ. އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ގަބޫލު ކުރާ ކަމެއް ނޫން ކަން އަވަށްޓެރި ހުރިހާ ގައުމަކަށް ސާފުކޮށްދެން ޖެހޭ ކަމަށް ވެސް، އިދިކޮޅު ކޯލިޝަންގެ ސްޕިޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ ވަހީދު ވިދާޅުވި އެވެ.
"މިއީ 19 ވަނަ ގަރުނެއް ނޫން، އިނގިރޭސި ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަ އިރެއް ނޫން. އޭރު ރާއްޖެ އަކީ އެކަހެރިކޮށް އޮތް، އެއްވެސް މީހަކު ނުދަން ތަނެއް. އެކަމަކު 21 ވަނަ ގަރުނުގައި ރާއްޖެ އަކީ 180 ގައުމަކާ އެކީގައި ސިޔާސީ ގުޅުން އުފައްދާ އޮތް ގައުމެއް. މި ގައުމަކީ މިހާރު 100 އަށް ވުރެ ގިނަ ގައުމުގެ ދެތިން މިލިއަން މީހުން ޒިޔާރަތްކުރާ ގައުމެއް،" ވަހީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ އެއްވެސް ގައުމެއްގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާކަށް މިހާރަކު."
މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް، އެމްޑީޕީގެ ސަރުކާރުން މާ ބޮޑުކަމެއް ކޮށްދެވިފައި ނެތް ކަމަށާއި މި ސަރުކާރުގެ މަސައްކަތްތައް އޮތް ހަލަތަކީ "ހާކާލަ ހާކާލަ" ތިބުން ކަމަށް ސިފަކުރައްވާ ވަހީދު ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ވެރިކަން ކުރައްވަން ނޭނގޭ ބޭފުޅަކާ ގައުމު ހަވާލުކުރެއްވުމުން ގައުމުގެ މިސްރާބު ގެއްލިއްޖެ ކަމަށާއި ޕީޕީއެމްއާ ވެރިކަން ހަވާލުކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު މި ފެންނަނީ އެހެން މަންޒަރެއް. ހާކާލާ ހާކާލަ ތިބޭތަން. ބައެއް ޒުވާން ބޭފުޅުންނަށް އެނގިލައްވާނެ މި ވިދާޅުވާ އެއްޗެއް. އަޅުގަނޑުމެން ކުޑައިރު ގެންގުޅެން އޮޑިހަނު ކިޔާ އެއްޗެއް. ދެން މި ފެންނަނީ ފަހަތު ފަޔަށް ބުރަވެގެން ތިބެން ދެމިލަ ދެމިލަ ތިބޭތަން،" ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕާއި ގިނަ ސަޕޯޓަރުން ބައިވެރިވެ ކާނިވާ ފުރާލި ޖަލްސާގައި ވަހީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން އަންނަނީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ.
ރާއްޖެއިން އިންޑިއާއާ އެކު ހެދި ތިން އެއްބަސްވުމެއްގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެއީ އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި 2016 ވަނަ އަހަރު އެކުލަވާލި، ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާ އެކު ހެދި އެއްބަސްވުމެވެ.
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
އިންތިޚާބަށް ނުކުންނަން އެދެފި ނަމަ ވިސްނާނަން: ވަހީދު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން