Roadha Mihaaru
ޑޮލަރުުގެ ވަގު ވިޔަފާރިކުރާ ދެ ބިދޭސީއަކު ހޯދަނީ

ޑޮލަރުުގެ ވަގު ވިޔަފާރިކުރާ ދެ ބިދޭސީއަކު ހޯދަނީ

01 ޑިސެމްބަރ 2021

ރާއްޖޭގައި ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ދެ ބިދޭސީއަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ދެ ބިދޭސީއަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ މުހައްމަދު އިގްބާލު ހޮސައިން އާއި ޝޮހެލް އެވެ. މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ގަވާއިދާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް މި ދެ މީހުން ފޮނުވާ ކަމަށް ތުހުމަތުކުރެވެ އެވެ.

އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ދިނުމަށް ވެސް ފުލުހުން އެދެ އެވެ.

މި ފަހުން ފުލުހުން ވަނީ ޑޮލަރުގެ ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވިގެން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ބާޒާރުގައި ޑޮލަރުގެ ރޭޓް ކަނޑައެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ ވެސް ހިމެނޭ ކަމަށްވެ އެވެ. އޭނާ އަކީ ވެސް ބަންގްލަދޭޝް މީހެކެވެ.