Roadha Mihaaru

ޓްރީޓޮޕްގެ ހިތާނީ ކޭމްޕް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މިއަހަރުގެ ހިތާނީ ކޭމްޕް ފަށަން ތައްޔާރުވެއްޖެ އެވެ.

ޓްރީޓޮޕްގެ ހިތާނީ ކޭމްޕް ފަށައިފި
އިދުހާމް ނައީމް
އިދުހާމް ނައީމް

01 ޑިސެމްބަރ 2021

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މިއަހަރުގެ ހިތާނީ ކޭމްޕް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 15 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 16ގެ ނިޔަލަށެވެ. މި މުއްދަތުގައި ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ހިދުމަތް ލިބޭނެ އެވެ.

މިއަހަރުގެ ކޭމްޕުގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ. މީގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. ރިޝީ ކާންތު އާރިޔަލް އާއި ޑރ. އަބްދުﷲ އުބައިދު އާއި ޑރ. މައުމޫން އާސިމް އާއި ޑރ. މުހައްމަދު ޝަރީފް އާއި ޑރ. އައިޝަތު އަޒްނާގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޯޑާ ހިމެނެ އެވެ.

ޓްރީޓޮޕުން ވަނީ މި އަހަރުގެ ކޭމްޕުގައި 200 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ހުޅުވައިފަ އެވެ. މި ކޭމްޕުގައި ބައިވެރިވާން ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅައިގެން ނަންނޯޓުކުރެވޭނެ އެވެ.

މި ހިތާނީ ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4،000ރ އެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ވަނީ އެކުލަވާލައިފަ އެވެ.