Roadha Mihaaru
ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް

ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި

28 ނޮވެމްބަރ 2021

ގއ. ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގއ. ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރާ އެކު ދެއްވަދު އާއި އެ ރަށާ ކައިރީގެ ރަށްތަކުގެ މީހުންނަށް 24 ގަޑިއިރު ބޭންކިންގެ ހިދުމަތްތައް ލިބޭނެ އެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާ ކުރުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ހިމެނެ އެވެ.

މިއީ ގއ. އަތޮޅުގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ބެހެއްޓި ހަތް ވަނަ ރަށެވެ. ދެއްވަދޫގެ އިތުރުން މި ހިދުމަތް ލިބޭ ރަށްތަކުގެ ތެރޭގައި ކޮލަމާފުއްޓާއި ދާންދުއާއި މާމެންދު އާއި ނިލަންދު އާއި ގެމަނަފުއްޓާއި ކޫއްޑޫ ހިމެނެ އެވެ. އަދި އެ އަތޮޅުގެ ވެރިރަށް ވިލިނގިލީގައި ބޭންކުގެ ބްރާންޗަކާއި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ވެސް ހުންނާނެ އެވެ.

ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއީ ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ އިންވެސްޓުގެ ދަށުން ހުޅުވި އޭޓިއެމް ސެންޓަރެއް ކަމަށެވެ. މިފަދަ އިތުރު ސެންޓަރުތައް އިތތުރު ރަށްތަކުގައި ހުޅުވުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 75 ސެލްފް ސާވިސް އޭޓީއެމް ސެންޓަރާއި 136 އޭޓީއެމް ބަހައްޓައިފަ އެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް އެ ބޭންކުގެ ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.