28 ނޮވެމްބަރ 2021
މިހާރު ހުޅުމާލޭގައި ކުރިއަށް ގެންދާ ކްލަބު މޯލްޑިވްސް ފުޓުބޯޅަ މުބާރާތުގައި އަންހެން ޑިވިޝަންގެ ގުރޫޕް ދޭއްގައި ދިވެހި ސިފައިންގެ ކްލަބުން ޕޮލިސް ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިހާރު ހުޅުމާލޭގައި ކުރިއަށް ގެންދާ ކްލަބު މޯލްޑިވްސް ފުޓުބޯޅަ މުބާރާތުގައި އަންހެން ޑިވިޝަންގެ ގުރޫޕް ދޭއްގައި ދިވެހި ސިފައިންގެ ކްލަބުން ޕޮލިސް ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގުރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ވެސް ވަނީ ފެނަކަ ޓީމުގެ މައްޗަށް 3-0 އިން ކާމިޔާބު ކޮށް ސެމީން ޖާގަ ހޯދައިފަ އެވެ.
"ކަލްބު މޯލްޑިވްސް 18/30 ވިމެން ފުޓްސަލް ފިއެސްޓާ" ގެ ނަމުގައި ކުރިއަށް ގެންދާ އަންހެން ޑިވިޝަންގެ ގުރޫޕް ދޭއްގައި ސިފައިންނާއި ޕޮލިސްގެ ފުރަތަމަ ކުރިމަތިލުމުގައި ޕޮލިސް ކޮޅަށް ތިން ލަނޑު ޖެހި ނަމަވެސް އިއްޔެ ހަވީރު ކުޅުނު މެޗުގައި ސިފައިންނަށް ޖެހުނީ އެންމެ ލަނޑެކެވެ. އެ ލަނޑު ޖެހީ މަރިޔަމް ރިފާ އެވެ.
ސިފައިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ކަށަވަރު ކޮށްފަ އެވެ. ޕޮލިސް ކްލަބު ކުރިއަށް އޮތް މެޗުން މޮޅުވިޔަސް އެ ޓީމަށް ލިބޭނީ ހަ ޕޮއިންޓެވެ. އެކަމަކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބޭނެ އެވެ. އަންހެން ޑިވިޝަންގައި އެންމެ ފޯމުގައި އޮތް ޓީމަކީ ސިފައިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލަށް ވުރެ ސިފައިންގެ ޓީމުގެ ފޯމު ރަނގަޅެވެ.
އެމްޕީއެލް އާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އިމޭޖަސް އެމްވީ
ޖުމުލަ ހަ ޓީމު ހިމެނޭ އަންހެން ޑިވިޝަންގައި ސެމީ އަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެެވެ.
ގުރޫޕް އެކެއްގެ އެއްވަނަ މަގާމު އެމްޕީއެލަށް އަދި ކަށަވަރު ނުވި ނަމަވެސް އެ ޓީމު ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ގުރޫޕްގެ ދެވަނައިގައި އޮތް ވެމްކޯ ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކޮށްދިނަމަ ގުރޫޕްގެ އެއްވަނަ ލިބޭނީ ވެމްކޯއަށެވެ.
ފެނަކަ ޓީމާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ މަދީނާ ފަޒިލޮވާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ފާތިމަތު ޖޫޒާން ޒަރީރެވެ. މި ބައްޔާއެކު ފެނަކަ އަށް ވަނީ އަމިއްލަ ބާރު ކެނޑިފަ އެވެ. އެ ޓީމަށް ސެމީ ފައިނަލަށް ދެވޭނީ ކުރިއަށް އޮތް މެޗު ކާމިޔާބު ކުރުމުގެ އިތުރުން ވެމްކޯ ކުރިއަށް އޮތް ދެ މެޗުން ބަލިވުމުންނެވެ.
އެމްޕީއެލަށް މަޑުޖެހުމެއް، ޕޮލިސްގެ ފުރަތަމަ މޮޅު
ސިފައިން ގުރޫޕްގެ އެއްވަނަ އަށް ފުރުސަތު ބޮޑުކޮށްފި
ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް
ފިއުލް ސަޕްލައި ގަދަ ބާރެއް، އާރްޑީސީ އުންމީދުގައި
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލުން މިލްކުކޮށްފި
އާރްޑީސީ އާއި ފިއުލް ސަޕްލައި ފައިނަލަށް
ތަށި މިލްކުކުރަން އެމްޕީއެލް ފުރުސަތު ފަހިކޮށްފި
އަޔާ: ފުޓްބޯޅައިން ނުލިބުނު ލޯބި ފުޓްސަލްއިން
އެމްޕީއެލް ކަޓައި އާރްޑީސީ އާއި ފެނަކަ ސެމީ އަށް
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް